ENGLISH
03 ސެޕްޓެމްބަރު 2025
އުރީދޫން އެޕަލް އަދި ސެމްސަން ގަޑިއަށް އީ-ސިމް ޚިދުމަތް ތަޢާރަފްކޮށްފި
10 އޯގަސްޓު 2025
|
އުރީދޫގެ ކަސްޓަމަރުންނަށް ޚާއްޞަކޮށް އެޕަލް އަދި ސެމްސަން ވޮޗްގައި އީ-ސީމް ބޭނުންކުރެވޭގޮތަށް ޚިދުމަތްދޭން ފެށުން. --ފޮޓޯ: އުރީދޫ
އުރީދޫ މޯލްޑިވްސް އިން އެޕަލް އަދި ސެމްސަން ވޮޗްގައި އީ-ސިމް ޚިދުމަތް ތަޢާރަފްކޮށްފިއެވެ.
ހަމައެކަނި އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަކޮށް ތަޢާރަފްކުރި މި ޚިދުމަތާއެކު، ފޯނާއި ނުލާ ރައްކާތެރިކަމާއެކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ސީދާ ގަޑިން ފޯނުކޮށް މެސެޖުކުރެވޭގޮތަށް މިވަނީ މަގުފަހި ވެފައެވެ.
އަތުކުރީގައި އޮންނަ ގަޑިއާއެކު ހެނދުނު ދުވުމަށް ނުކުތް ނަމަވެސް، ނުވަތަ ބިޒީ މަސައްކަތުގެ ދުވަހެއްގެ މެދުތެރޭގައި ވިޔަސް، މިހާރު ކޯލްކޮށް، ރިސީވްކޮށް، މެސެޖް ފޮނުވުމާއި، މިއުޒިކް ސްޓްރީމްކޮށް، އެޕްލިކޭޝަންތައް މުޅިން މިނިވަންކަމާއެކު ބޭނުން ކުރެވޭނެއެވެ.
އުރީދޫގެ މި ޚިދުމަތް ހޯދުމަށް ސްމާޓްވޮޗަށް އީ-ސިމް އެކްޓިވޭޓް ކުރުމަކީ އަވަސް އަދި ފަސޭހަ ކަމެއް އަދި ފިޒިކަލް ސިމް ކާޑެއް ނުވަތަ އެއްވެސް އިތުރު އެޕްލިކޭޝަނެއް މިކަމަކަށް ބޭނުމެއް ނުވާނެއެވެ.
އެޕަލް ވޮޗް ނުވަތަ ސެމްސަންގް ގެލެކްސީ ވޮޗް ފޯނާ ގުޅާލައި، ސްކްރީނުގައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް، އީ-ސިމް ގަޑިއަށް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.
އުރީދޫން ބުނީ، އެ ކުންފުނީގެ މި އައު ޚިދުމަތާއެކު އެ ނެޓްވޯކާ ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް ގުޅިފައިވާކަން ޔަގީންކޮށްދޭ ކަމަށެވެ.
އުރީދޫގެ ސްމާޓްވޮޗް އީ-ސިމްއާއެކު ދިރިއުޅުމުގެ ވައްޓަފާޅި އިތުރަށް ފަސޭހަވެ، ކޮންމެ ވަގުތަކު ވެސް އަދި ކޮންމެ ތަނެއްގައި ވެސް ގުޅުމުގެ މިނިވަންކަން ތަޖުރިބާކުރެވޭނެ އެވެ.