ENGLISH
09 ސެޕްޓެމްބަރު 2025
ޓެކްނިކަލް މައްސަލައެއް މެދުވެރިވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ
09 އޯގަސްޓު 2025
|
ސްޓެލްކޯއިން އަންނަނީ ކަރަންޓު އިއާދަކުރުމަށް މަސައްކަތްކުރަމުން
ޓެކްނިކަލް މައްސަލައެއް މެދުވެރިވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާކަމަށް މާލޭ ސަރަހައްދަށް ކަރަންޓުގެ ހިދުމަތްދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.
ސްޓެލްކޯއިން އޮތީ އެ ކުންފުނީގެ ކަރަންޓު ވިއުގަ އަދާހަމަކުރުމުގެ މަސައްކަތެއް މިއަދު ކުރާނެކަން ކުރިން ހާމަކޮށްފައެވެ. އެއިރު އެ ކުންފުނިން ބުނެފައިވަނީ މިއަދު ހެނދުނު 10:00 އާއި 10:30 އާ ދޭތެރޭގައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ.
ނަމަވެސް 9:30 ހާއިރު މާލޭގެ ބައެއް ސަރަަހައްދުތަކުން ކުއްލި ގޮތަކަށް ކަރަަންޓު ކެނޑުނުފަހުން ސްޓެލްކޯއިން ބުނެފައިވަނީ މާލޭ ސަރަހައްދުން ކަރަންޓު ކެނޑުނީ ކުރިމަތިވި ޓެކްނިކަލް މައްސަލަައެއްގެ ސަަބަބުން ކަމަށެވެ. އެ ކުންފުނިން ބުނެފައިވަނީ މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަަހައްދަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އަދި ހިދުމަތް މެދުކެނޑުމަށް މެދުވެރިވި މައްސަލަ ހައްލުކޮަށް ކަރަންޓުގެ ހިދުމަތް އަލުން ދިނުމަށް މަސައްކަތް ސްޓެލްކޯއިން ކުރަމުންދާކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އެ ކުންފުނިންވަނީ ކަރަންޓު ކެނޑުމާ ގުޅިގެން ދިމާވާ ދަތިތަކާމެދު މައާފަށް އެދިފައެވެ.