ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ސިންގަޕޫރުގެ ގައުމީ ދުވަހުގެ ހެޔޮ އެދުންތައް ރައީސް އަރިސްކުރައްވައިފި

09 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ސިންގަޕޫރުގެ ބޮޑުވަޒީރާ ރައީސް ޑރ.މުއިއްޒު ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސާއި، ބޮޑުވަޒީރާއި، އެގައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހެޔޮ އެދުންތައް އަރިސްކުރައްވައިފިއެވެ. 

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ރައީސްވަނީ ސިންގަޕޫރުގެ ރައީސް ތާމަން ޝަންމުގަރަތުނަމް އަދި އެ ގައުމުގެ ބޮޑުވަރީ ލޯރެންސް ވޮންގްއަށް ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި އެ ގައުމުގެ ސަރުކާރާއި އެކުވެރި ރައްޔިތުންނަށްވެސް އެމަނިކުފާނު މަރުހަބާ ވިދާޅުވިއެވެ. 

އަދި އެކަތިގަނޑެއްގެ ގޮތުގައި ސިންގަޕޫރަށް ކުރިއެރުމާއި ސުލްހައާއި ތަނަވަސްކަން ލިބުން އެދިވަޑައިގަންނަވާކަަން ހާމަކުރެއްވުމާއެކު، ހަމަޖެހުމާއި ތަނަވަސްކަމަކީ ގައުމެއްގެ ގޮތުގައި ސިންގަޕޫރުގެ ހާއްސަ ސިފަތަކެއްގެ ގޮތުގައި ދާއިމުވުމަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. 

ސިންގަޕޫރާއި ރާއްޖޭގެ މެދުގައި އޮތް އިތުބާރާއި ދެ ގައުމުގެ މެދުގައި އޮތް ތަފާހުމާއި، އެކުވެރިކަމާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ގުޅުން ފާއިތުވި ދުވަސްތަކުގައި އިތުރަށް ބަދަހިވެފައިވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަމަށް އެމަނިކުފާނު ވިދާޅިވިއެވެ. 

އިތުރަށް ރައީސް ވިދާޅުވީ ސިންގަޕޫރާއި ރާއްޖޭގެ ގުޅުމުގެ ތެރެއިން އިތުރަށް އެއްބާރުލުން ދެވޭނެ ދާއިރާތަައް ދެނެގަނެ އެކުގައި މަސައްކަތްކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަަމަށެވެ. 

ފާއިތުވި ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރައީސްވަނީ ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އެ ގައުމުގެ ރައީސާއި ބޮޑުވަޒީރާ ބައްދަލުކުރެއްވިއެވެ. އަދި ސިންގަޕޫރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި އިގުތިސާދީ ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ހާއްސަ ފޯރަމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތެވެ. 

އަދި ސިންގަޕޫރާއި ރާއްޖޭގެ މެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުމަށް މި އަހަރު 50 އަހަރު ފުރޭކަން ފާހަގަކުރައްވައި، ރައީސް އެއިރު ވިދާޅުވީ އެމަނިކުފާނުގެ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު