ENGLISH
09 ސެޕްޓެމްބަރު 2025
އެމްޕީއެލް އިން މިދިޔަ މަހު ކޮންމެ ދުވަހަކު 204 ކޮންޓެއިނަރުގެ މުދާ ކްލިއާކުރި
08 އޯގަސްޓު 2025
|
ކޮންޓެއިނަރުތައް ބަރުކޮށްފައިވާ ބޯޓެއް ބަނދަރުކޮށްފަ. --ފޮޓޯ: އެމްޕީއެލް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ޖުލައި މަހުގެ ތެރޭގައި މުޅި ޖުމްލަ 6،320 ޓީއީޔޫގެ މުދާ ކްލިއާކޮށްފައިވާއިރު، އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 204 ޓީއީޔޫގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހުގެ ތެރޭގައި ކްލިއާ ކުރެވުނު ޓީއީޔޫގެ އަދަދު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު ހަ އިންސައްތަ އިތުރުވެފައެވެ. މިދިޔަ ޖޫން މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ކްލިއާ ކޮށްފައިވަނީ 198 ޓީއީޔޫގެ މުދަލެވެ.
އެ ކުންފުނިން ބުނީ، މިދިޔަ މަހު ކްލިއާކުރި ކޮންޓެއިނަރުގެ ތެރޭގައި؛ 20 ފޫޓުގެ 2،380 ކޮންޓެއިނަރާއި، 40 ފޫޓުގެ 1،970 ކޮންޓެއިނަރު ހިމެނޭ ކަމަށެވެ.
މިދިޔަ މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރަށް ޕެރިޝަބަލް މުދާ ހިފައިގެން ކޮންޓެއިނަރު އުފުލާ 16 ބޯޓާއި، 20 ކޮންވެންޝަނަލް ބޯޓު އައިސްފައިވާ ކަމަށް ވެސް އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ މަހުގެ އެންމެ ގިނައިން އެތެރެކޮށްފައިވާ ޕެރިޝަބަލް މުދަލުގެ އަދަދު: