ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ގާނާގެ މިލިޓަރީ އެއަރކްރާފްޓެއް ވެއްޓި ދެ ވަޒީރަކު އަވަހާރަވުން: ޚާރިޖީ ވަޒީރު ތަޢުޒިޔާ ވިދާޅުވެއްޖެ

08 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ގާނާގެ މިލިޓަރީ އެއަރކްރާފްޓެއް ވެއްޓި ދެ ވަޒީރަކު އަވަހާރަވުމާއި ގުޅިގެން ޚާރިޖީ ވަޒީރު ވަނީ ތަޢުޒިޔާ ވިދާޅުވެފައި --

ގާނާގެ މިލިޓަރީ އެއަރކްރާފްޓެއް ވެއްޓުުމުގެ ހިތާމަވެރި ހާދިސާގައި އެ ޤައުމުގެ ޑިފެންސް މިނިސްޓަރާއި އެންވަޔަރަންމަންޓް މިނިސްޓަރ އަދި އެ ޤައުމުގެ އިތުރު އޮފިޝަލުން އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ ފޮރިން މިނިސްޓަރު ސެމިއުލް އޮކުޒެޓޫ އަބްލަކްވާއަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

އެއަރކްރާފްޓެއް ވެއްޓުުމުގެ ހާދިސާއާ ގުޅިގެން ވަޒީރު ފޮނުއްވެވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ ގާނާގެ ޑިފެންސް މިނިސްޓަރ އެޑްވަރޑް އޮމަނެ ބޮއަރމަރ އަދި އެންވަޔަރަންމަންޓް މިނިސްޓަރ އިބްރާހީމް މުރްތަޟާ މުޙައްމަދު އަދި އިތުރު އޮފިޝަލުން ދަތުރުކުރައްވަމުން ގެންދެވި މަތިންދާބޯޓު ވެއްޓި އެ ބޭފުޅުން އަވަހާރަވި ހިތާމަވެރި ޚަބަރު އަޑުއެއްސެވީ ކުއްލި ސިހުމަކާއި ފުން ހިތާމައާއެކު ކަމަށެވެ.

ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި ވަޒީރު ޑރ. ޚަލީލްގެ އަމިއްލަ ނަމުގައި، ގާނާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށް ވަޒީރުގެ މެސެޖުގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު