ENGLISH
09 ސެޕްޓެމްބަރު 2025
ގެދޮރުވެރިޔާ ސްކީމް؛ މިހާތަނަށް 600 އަށްވުރެ ގިނަ މީހުން ސޮއި ކޮށްފި
08 އޯގަސްޓު 2025
|
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާު ފުލެޓުތަކުގެ އެއްބަސްވުމުގައި މިހާރު 640 މީހުން ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު މި އެއްބަސްވުންތަކުގައި ސޮއިކުރަން ފެށި ފަހުން މިހާތަނަށް 640 މީހަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށެވެ.
އެއްބަސްވުންތަކުގައި ސޮއިކުރަން ތާވަލުކުރެވުނު އަދަދަކީ 667 ކަމަށް ވާއިރު އެއްބަސްވުންތަކުގެ ތެރެއިން 4،000 ޔުނިޓް މަޝްރޫއުގެ 16 އިންސައްތައަށްވާ އެއްބަސްވުންތަކުގައި މިހާރުވަނީ ސޮއިކުރެވިފައެވެ.
މީގެ ކުރިން އެ ކުންފުނިން ވިދާޅުވީ، ފުލެޓް އެއްބަސްވުން ހެދުމަށް އެކޯޕަރޭޝަނަށް ހައުސިން މިނިސްޓްރީން ފޮނުވާފައިވަނީ 2665 މީހުންގެ ނަން ކަމަށެވެ.
އެހެންކަމުން، ބާކީ ތިބި ފަރާތްތަކާއެކު އެއްބަސްވުން ހަދާ ނިންމުމަށް އެފްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.
މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ބިނާކުރިއިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ.
ކޮންމެ ކުންފުންޏަކުން ވެސް ކުރިއަށް ގެންދަނީ 2،000 ފްލެޓުގެ މަސައްކަތެވެ. އެ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ.
އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ.
ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގެދޮޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންގެ އެގްރިމަންޓްގެ މަސައްކަތްތައް ނިންމާ ފްލެޓް ހަވާލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު ފްލެޓްގައި ސޮއިކުރުމަށް އައިމުގެ ކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމަށް އެ ކޯޕަރޭޝަންއިން އަންގާނެއެވެ. އެއަށްފަހު ސޮއިކުރަން ދާންވާ ދުވަހާ ގަޑި އެފްޑީސީން އަންގަމުންދާނެއެވެ.
ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.