ENGLISH
09 ސެޕްޓެމްބަރު 2025
މުޅި ޣައްޒާ ހިފަން އިޒްރޭލުން ރާވާފައިވާ ޕްލޭން ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސް
08 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ޣައްޒާގެ މުޅި ކޮންޓްރޯލް ހޯދުމަށް ރާވާފައިވާ ޕްލޭން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ވަނީ އިޒްރޭލްގެ އެ ރޭވުން ކުށްވެރި ކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. އިނގިރޭސި ބަހުން ކުރެެއްވި ޕޯސްޓްގައި ރައީސް ވިދާޅުވީ މިފަދަ އެއްވެސް އަމަލަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފު އަމަލެއް ކަމަށެވެ. އަދި މިއީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤަށް ވަރަށް ބޮޑަށް އަރައިގަތުމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ނިންމުމަކީ ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުތަކުގައި މިހާރު އޮތް ހާލަތު އިތުރަށް ގޯސްވެ ސަރަޙައްދީ ހަމަޖެހުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ކުރަމުންދާ މަސައްކަތްތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެފަ އެވެ.
ރައީސްގެ މި ޕޯސްޓްގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން ދެމިތިބި ތިބުން އެ ގޮތުގައި އޮތްކަން ތަކުރާރު ކުރައްވާފަ އެވެ. އަދި ޣައްޒާގެ ކޮންޓްރޯލް އިޒްރޭލުގެ އަތްމައްޗަށް ފުރޮޅާލުމަށް ކުރާ ކޮންމެ މަސައްކަތަކާއި ރާއްޖެއިން ދެކޮޅު ހަދާނެ ކަމަށާ ފަލަސްތީނުގެ މިނިވަން ކަމާއި އިސްތިޤުލާލަށް ބުރޫއަރާނެ ކޮންމެ ކަމަކާއި ރާއްޖެއިން ފާޅުގައި ދެކޮޅު ހަދާނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ މުޅި ޣައްޒާ ހިފުމަށް އިޒްރޭލްގެ ހަރުކަށި ޔަހޫދީން ގެންގުޅެމުންދާ ޕްލޭން ތަންފީޒު ނުކުރުމަށާއި އިޒްރޭލްގެ އަނިޔާވެރިކަން ވަގުތުން ނިމުމަކަށް ގެނައުމަށާއި ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިޒްރޭލް ސިފައިން ވަގުތުން ބޭލުމަށާއި އެ މީހުން ހިނގަމުންދާ އިންސާނިއްޔަތާއި ޚިލާފު އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ގޮވާލައްވާފަ އެވެ.
ފަލަސްތީނަަށް ވެރިވެގަނެގެން ތިބި އިޒްރޭލްގެ ސަރުކާރުގެ ކެބިނެޓުން ވަނީ މުޅި ޣައްޒާ ހިފާ އެ މީހުން ބޭނުންވާ ވެރިކަމެއް ޣައްޒާގައި ޤާއިމު ކުރުމަށް ނިންމާފަ އެވެ.