ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ދޮގުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަ: އަބްދުއްރަޙީމް

08 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

އަބްދުއްރަހީމް ޕީޖީ ގުރޫޕްގެ ބައެއް މެންބަރުންނާއެކު މަޖިލީހަށް ވަޑައިގަންނަވަނީ -- ފޮޓޯ: އެޑިޝަން

ދޮގުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ ގްރޫޕް މާ ވަރުގަދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުއްރަޙީމް މިހެން ވިދާޅުވީ އެމްޑީއޭއަށް ނިސްބަތްވާ އައްބާސް، އޭނާގެ 'އެކްސް' އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ކުރިއަށް އޮތް ދުވަސްތަކުގައި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން "ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވައި ޤައުމާއި، ރައްޔިތުންގެ ހައްޤުގައި ޕީއެންސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެ" ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

އައްބާސް ވިދާޅުވި ގޮތުގައި، ބުދަ ދުވަހު ބޭއްވި ޕީއެންސީ ޕީޖީގެ ބައްދަލުވުމުގައި "ސަރުކާރުން ގެންގުޅުއްވަމުން ގެންދަވާ ނުރަނގަޅު ސިޔާސަތުކަށް ބަސްނުބުނެ އަބަދު މަންމަނުވެފައި ނުތިބެވޭނެކަމަށާއި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ހައްޤުބަސް ބުނަން ނުކުންނާނެ ކަމަށް" އެ މެމްބަރުން ވިދާޅުވެފައިވެ އެވެ. ވަކިވަކި މެމްބަރުންގެ ނަން ވެސް ފާހަގަކުރައްވަމުން އައްބާސްގެ ޕޯސްޓުގައި ވަނީ އެ ބައްދަލުވުން ނިންމާލީ ބައްދަލުވުން "ހޫނުވުމުން" ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ އަބްދުއްރަހީމް ވިދާޅުވީ އެ ބައްދަލްވުމުގައި އޭނާ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި އައްބާސް ވިދާޅުވީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ދޮގުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ ގްރޫޕް މާ ވަރުގަދަވާނެ އެވެ.

".. މި ބައްދަލުވުމުގައި އަޅުގަނޑުވެސް ބައިވެރިވީން. މިއީ ކަނޑައެޅިގެން ޙަގީގަތާ ޚިލާފު ވާހަކަތަކެއް. މިހެން ފަތުރާ ދޮގު ޚަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެ," އަބްދުއްރަޙީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު