ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ބ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ފެނަކައަށް

08 އޯގަސްޓު 2025

|

ހަސަން އާމިރު

ބ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ސަރުކާރުން ހަވާލުކޮށްފި އެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ބ. ހިތާދޫގައި މުޅިން އަލަށް ސިއްޙީ މަރުކާޒެއް އިމާރާތް ކުރުމާއި މާޅޮހާއި ދޮންފަނު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުން ހިމެނެ އެވެ.

މި އެއްބަސްވުންތަކުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ޢަބްދުﷲ އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އާރިފްއެވެ.

ބ. ހިތާދޫ ޞިއްޙީ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 33.7 މިލިޔަން ރުފިޔާއަށެވެ. އަދި މި މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މާޅޮހާއި ދޮންފަނުގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފައި ވަނީ 12.1 މިލިޔަން ރުފިޔާއަށެވެ. މި ދެ ރަށުގެ މަސައްކަތް 545 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

މާޅޮހާއި ދޮންފަނުގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ވޯޑަކާއި ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން ތަރައްޤީކުރާނެއެވެ. އަދި ޕްރޮސީޖަރ ރޫމް، ގަރާޖް، ސްޓޯރ ރޫމް ބޮޑުކުރުމުގެ އިތުރުން ޕޯޓިކޯ އާއި ވަށާފާރު ރޭނުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު