ENGLISH
09 ސެޕްޓެމްބަރު 2025
ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާގައި ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފި
08 އޯގަސްޓު 2025
|
ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާގައި ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރިއަށްގެންދަން ހަމަޖެހިފައިވާ "ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާ 2025″ ގެ ނަމުގައި ކުރިއަށް ގެންދާ މަހާސިންތާއެކެވެ.
މި މަހާސިންތާއާ ގުޅިގެން ޒަކާތު ހައުސް އިން ބުނީ މި މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޒަކާތު މަހާސިންތާގައި ބައިވެރިވާން ބޭނުންވާ އާންމު ފަރުދުންނަށް ވެސް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން، މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކުން މައުލޫމާތު ކަރުދާހާއެކު ތައްޔާރު ކުރެވިފައިވާ ގޫގުލް ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބާއްވާފައި ވަނީ ނިމިދިޔަ 2024 ވަނަ އަހަރު އެވެ.
އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް ނުވަތަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.