ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ތެރެއަަށް ވަދެ ކޭބަލް ބުރިކޮށްލައިފި

08 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ކޭބަލް ބުރިކޮށްލާފައި

މާފަންނު ފަރީދީމަގު، ގަޑިބުރު ކައިރި ހުރި ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ތެރެއަަށް ވަދެ ކޭބަލް ބުރިކޮށްލައިފި އެވެ.

ދިވެހި ފުލުހުން ޚިދުމަތުން މިއަދު ބުނީ އެ ރިޕޯޓް ލިބުނީ ރޭ 9:46 ހާއިރު ކަމަށެވެ. އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ އެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

ސަބްސްޓޭޝަންތަކުން ކޭބަލް ވަގަަށް ނަގައިގެން ވިއްކުމުގެ މައްސަލަތައް މީގެ ކުރީން ވެސް ރިޕޯޓް ކޮށްފައިވެ އެވެ.

އެފަދަ ތަންތަނަކީ ކަރަންޓްގައި ޖެހި މަރުވުން ފަދަ ނުރައްކާތެެރި ހާދިސާތައް ހިނގާފާނެ ތަންތަނަށް ވާނީ އެ ތަންތަނަށް ނުވަނުމަށް ސްޓެލްކޯއާ ފުލުހުން ތަކުރާރުކޮށް އިލްތިމާސް ކުރެ އެވެ.

މީގެ ކުރީން ހިނގި ބައެއް ހާދިސާތަކުގައި ކަރަންޓްގައި ޖެހި ބައެއް މީހުން މަރުވެފައިވެ އެވެ. 

ސަބްސްޓޭޝަންތައް ހަދާފައި ހުންނަނީވެސް ފަސޭހައިން ނުވަދެވޭ ގޮތަށް އަދި އެ ތަންތަނުގެ ވަށައިގެން އިންޒާރުގެ ބޯޑްތައް ޖަހާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު