ENGLISH
09 ސެޕްޓެމްބަރު 2025
ގެވެށި އަނިޔާގެ ރިޕޯޓަކާއި ގުޅިގެން ބަލާފާސްކުރަނިކޮށް ގިނަ އަދަދެއްގެ ވޭޕް ފެނިއްޖެ
08 އޯގަސްޓު 2025
|
ފުލުހުން އަތުލައިގަތް ތަކެތި
ގެވެށި އަނިޔާގެ ރިޕޯޓަކާއި ގުޅިގެން އެޕާޓްމަންޓެއް ބަލާފާސްކުރަނިކޮށް ގިނަ އަދަދެއްގެ ވޭޕް ފެނިއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި ތަކެތި ފެނިފައިވަނީ ރޭގެ 9:14 ހާއިރު ހިޔާ ފްލެޓްގެ އެޕާޓްމަންޓެއަ ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ފުލުހަށް ހުށަައަޅާފައި އޮތީ ގެވެށި އަނިޔާގެ މައްސަލަ އެކެވެ. އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމަކުން ވަނީ ހިޔާގެ އެޕާޓްމަންޓެއް ބަލާ ފާސްކޮށްފަަ އެވެ.
މި ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅިތަކެއް ވަނީ ފެނިފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ އެޕާޓްމަންޓުން ޖުމްލަ 242 ވޭޕް ފްލޭވަރ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
ރާއްޖެއަކީ ވޭޕް މަނާ ޤައުމެކެވެ. ވޭޕް ގެންގުޅުމާއި ވިއްކުމާއި ބެހުމާއި ދިނުމަކީ ވެސް ޤާނޫނީ ކުށްތަކެވެ.
ފުލުހުން ބުނީ އެ މައްސަލަ ވަކީން ތަހުޤީޤު ކުރަމުންދާ ކަމަށެވެ.