ENGLISH
07 އޯގަސްޓު 2025
އެސް އޯ މޯލްޑިވްސްގެ ދެވަނަ އެތުލެޓިކްސް ކޮމްޕެޓިޝަން މި މަހު 22 ގައި
07 އޯގަސްޓު 2025
|
އެސް އޯ މޯލްޑިވްސް ފުރަތަމަ އެތުލެޓިކްސް ކޮމްޕެޓިޝަންގެ ތެރެއިން --
ޕެޝަލް އޮލިމްޕިކްސް މޯލްސްޑިވްސް (އެސް އޯ މޯލްޑިވްސް)ގެ ދެވަނަ އެތުލެޓިކްސް ކޮމްޕެޓިޝަން އޯގަސްޓް 22 އިން 24 އަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބާއްވަން ނިންމައިފި އެވެ.
އެސް އޯ މޯލްޑިވްސް އިން ބުނި ގޮތުގައި މި މުބާރާތުގައި ބައިވެރިވެވޭނީ 1 އޯގަސްޓް 2025 ގެ ކުރިން އިދާރާ ގައި ރަޖިސްޓްރީ ވެފައިވާ އެތުލީޓުންނަށެވެ.
ނަމަވެސް ޝާމިލުކުރަނިވި މުޖްމަޢުއެއް ޤާއިމުކުރަމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން މިއަހަރު 100*4 މީޓަރ ރިލޭގައި ބައިވެރި ވުމުގެ ފުރުސަތު ކްލަބު ތަކަށް ވަނީ ހުޅުވާލާފައެވެ.
މުބާރާތް ބާއްވާ ޢުމުރުފުރާތަކަކީ 11 އަހަރުން ދަށް 11 އަހަރުން މައްޗެވެ. މި މުބާރާތުގައި ބައިވެރު ވުމަށް 14 އޯގަސްޓްގެ ކުރިން ފޯމު ހުށަހަޅަން ޖެހޭ އެވެ. ފޯމުގެ ލިންކް އެސް އޯ މޯލްޑިވްސްގެ ފޭސްބުކާއި އިންސްޓަގްރާމް އަދި އެކްސް އިން ލިބޭނެ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ނުވަތަ އެއްވެސް ކަމަކަށް އެއްވެސް ފީއެއް ނުނަގާނެ އެވެ. އަދި ލާރީގެ އެއްވެސް މުޢާމަލާތެއް ނުކުރާނެ އެވެ.
މިދިޔަ އަހަރު މި މުބާރާތުގައި ފިރިހެން 46 އެތުލީޓުންނާއި އަންހެން 15 އެތުލީޓުން ވަނީ ބައިވެރިވެފަ އެވެ.
ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ސަރުކާރުން އުފައްދާފައިވާ އެ މުއައްސަސާއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ޙަރަކާތްތައް މެދު ނުކެނޑި ހިންގަމުންދެ އެވެ.