ENGLISH

07 އޯގަސްޓު 2025

Advertisement

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން ހަވާލުކޮށްފި

07 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން ހަވާލުކުރުން --

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަަށް ހަވާލުކޮށްފި އެވެ.

ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން މިއަދު ވަނީ އެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު މިއަދު ސޮއިކޮށްފަ އެވެ.

ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމަށް ހަވާލުކުރީ  ހއ. ތުރާކުނާއި ހދ. ނޮޅިވަރަމްފަރާއި ހދ. ފިނޭ އާއި ށ. މަރޮއްޓާއި ނ. މާފަރާއި ބ. ތުޅާދޫ އެވެ. އަދި ބ. ކުޑަރިކިލާއި މ. މުއްޔާއި ތ. ގުރައިދޫ އާއި ތ. ހިރިލަންދޫގެ އިތުރުން ތ. ކިނބިދޫ އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދު އެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެ ރަށްރަށުގެ މުހިންމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު