ENGLISH

07 އޯގަސްޓު 2025

Advertisement

ޓޫރިޒަމްގެ ބޭނުމަށް ދިއްފުށިން ބިން ކުއްޔަށް ދެނީ

07 އޯގަސްޓު 2025

|

އުމްނާ އިސްމާޢީލް

ކ. ދިއްފުށި (ފޮޓޯ/ ދަ ޕްރެސް)

ކ. ދިއްފުށީގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފަިއވާ ސަރަހައްދުން 4 ބިމެއް ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާގޮތުންް އެ ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމީ، އެ ރަށުގެ ލޯކަލް ޓޫރިޒަމްގެ އިގްތިސޯދު ކުރިއެރުވުމަށްޓަކައި ދެމެހެއްޓެނިވި ފަތުރުވެރިކަން ތަރައްގީކޮށް، ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން އާމްދަނީ އިތުރުކުރުމުގެ ބޭނުމުގަ އެވެ.

ދިއްފުށި ކައުންސިލުން ވަނީ އެ ބިންތައް 50 އަހަރަށް ބީލަމުގެ އޫސުލުން ދޫކުރުމަށް ނިންމައި، ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފަ އެވެ. އެ އިއުލާނުގައި ވާގޮތުން، ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ ކައުންސިލުން ބުނިގޮތުގައި މި މަހުގެ 21 ވަނަ ދުވަހުގެ 13:00 ގައި އެ އިދާރާގެ މީޓިން ހޯލްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު