ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ރިޒާވްގައި 832 މިލިއަން ޑޮލަރު، މިހާތަނަށް ދަރަނި އަދާކުރަން 212.6 މިލިއަން ޑޮލަރު ހޭދަވެއްޖެ

07 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

މި އަހަަރުގެ ފުރަތަމަ ހަތް މަސް ނިމުނުއިރު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްގައި 832 މިލިއަން ޑޮލަރު ހުރިއިރު ބޭރުގެ ދަރަނި އަދާކުރުމަށް 212.6 މިލިއަން ޑޮލަރު ހޭދަވިކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހާމަކޮށްފިއެވެ. 

އެމްއެމްއޭއިން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން އިގުތިސާަދު މަޑުޖެހުމުން ރިޒާވްއަށް ނޭދެވޭ އަސަރުތަކެއް ކުރި ކަމަށެވެ. ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަން ރަނގަޅުވެ އިގުތިސާދީ ކުރިއެރުން އިތުރުވި ނަމަވެސް އެކަމުގެ އެދެވޭ އަސަރު ރިޒާވްއަށް ނުފޯރާ ކަމަށެވެ. 

އިގުތިސާދީ ކުރިއެރުމާ އެއްވަރަށް ރިޒާވްގެ ހާލަތު ރަނގަޅުނުވި އެއް ސަބަބަކީ ތެޔޮ ގަތުމަށް ކުރަންޖެހޭ ހަރަދު ބޮޑުވުމެވެ. އެގޮތުން 2017 އިން 2021 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު އެމްއެމްއޭއިން ފޮރިން އެކްސްޗޭންޖް އިންޓަރވެންޝަން ނުވަތަ ބޭރު ފައިސާއަށް އޮންނަ ޑިމާންޑަށް ސަޕްލައިކުރުމަށް މަރުކަޒީ ބޭންކުން ޑޮލަރު ވިއްކާ ވިއްކުމުގެ 33 އިންސައްތައަކީ ތެޔޮ ގަތުމަށް ވިއްކާ ޑޮލަރެވެ. ނަމަވެސް 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ދެމެދު އެގޮތަށް ވިއްކާ ފައިސާގެ 49 އިންސައްތައަކީ ތެޔޮ ގަތުމަށް ހަރަދުކުރަން ވިއްކާ ޑޮލަރެވެ. 

ތެޔޮ ގަތުމަށް ބޭނުންވާ ޑޮލަރު އިތުރުވުމުގެ އިތުރަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހަރަދުވެސް ބޮޑުވިއެވެ. އޭގެ އިތުރަށް އަމިއްލަ ވިޔަފާރިތަކާއި ފަރުދުންގެ ބޭނުންތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރުވެސް ވަރަށް ބޮޑަށް އިތުރުވިއެވެ. މިއީ ހައްތާވެސް ރިޒާވްގައި ހުންނަ ޑޮލަރުން ކުރަންޖެހޭ ހަރަދުތަކެވެ. 

 މިކަންކަމުގެ ނަތީޖާއެއްގެ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން ރިޒާވްދިޔައީ ހީނަރުވަމުންނެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރިޒާވް 371.2 މިލިއަން ޑޮލަރަށް ވެއްޓުނެވެ. އެހެންނަމަވެސް ސަރުކާރާއި މަރުކަޒީ ބޭންކުން އެޅި ފިޔަވޅުތަކާއެކު ރިޒާވްގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް އެޅި އެންމެ މުހިއްމު ފިޔަވަޅުތަކަކީ؛ 

- އިންޑިޔާގެ ރިޒަރވް ބޭންކާއެކު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން ހެދި ކަރަންސީ ސްވޮޕް 

- ބޭރު ފައިސާގެ ގާނޫނެއް ތައާރަފުކޮށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ވަންނަ ބޭރު ފައިސާއިން މިންވަރެއް ބޭންކުތަކަށް ވިއްކުން ލާޒިމުކުރުން 

- ސަރުކާރަށް ޑޮލަރުން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް 

ސަރުކާރަށް ޓޫރިޒަމް ދާއިރާއިން ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ 30 އިންސައްތަ އިތުރުވިއެވެ. އަދި ބޭރު ފައިސާގެ ގާނޫނުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރި ފައިސާގެ ތެރެއިން އެމްއެމްއޭއަށް 247،2 މިލިއަން ޑޮލަރު ލިބުނެވެ. 

އެހެންކަމުން މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރިޒާވްގެ ހާލަތު ރަނގަޅުވެ ރިޒާވްގައި ހުންނަ ޑޮލަރުން ކުރަންޖެހޭ ކަންކަމަށް ހޭދަކުރާަ މިންވަރުވަނީ އިތުރުވެފައެވެ. ދަރަނި އަދާކުރުމަށް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 212.6 މިލިއަން ޑޮލަރު ހޭދަކުރިއެވެ. އެއީ 2024 ވަނަ އހަަރުގެ އެ މުއްދަތުގައި ދަރަނި އަދާކުރަން ދޫކުރި ޑޮލަރަށްވުރެ %60 އިތރުު އަދަދެކެވެ، 

އަސާސީ މުދާ ކަމުގައިވާ ތެލާއި ކާޑުގެ ބާވަތްތަކާއި ބޭހާއި ބޭސްފަރުވާއަށް ބޭނުންވާ އާލަތްތައް ރާއްޖެއަށް އެތެރެކުރުމަށްޓަކައި އެސްޓީއޯއަށް 274.3 މިލިއަން ޑޮލަރު ރިޒާވްއން ވިއްކިއެވެ. އޭގެ އިތުރަށް އަމިއްލަ ވިޔަފާރިތަކުގެ ބޭނުންތަކަށާއި، ފަރުދުންގެ ބޭނުންތަކަށް ޖުލައި މަހުގެ ނިޔަލަށް 217 މިލިއަން ޑޮލަރު ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއިން ވިއްކާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު