ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

އަނެއްކާވެސް ގެދޮރުވެރިޔާ ސްކީމާ ގުޅޭ ސްކޭމެއް؛ ސަމާލުވޭ!

07 އޯގަސްޓު 2025

|

އުމްނާ އިސްމާޢީލް

ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާާތިލުކޮށް އަލުން ފޯމުލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ބުނެ ދައުރުވަމުންދާ މެސެޖަކީ ސައްހަ ނޫން މެސެޖެއް ކަމަށާއި އެފަދަ މެސެޖުތަކަށް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފި އެވެ.

ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާާތިލުކޮށް އަލުން ފޯމުލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލެވޭގޮތައް ހުލުވާލައިފިކަމަށާއި ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ މެސެޖުތަކެއް ދަނީ ދައުރުވަމުން ނެވެ.

މީގެކުރިން ވެސް މި ސްކީމާ ގުޅިގެން ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާތީ ފުލުހުންގެ ޚިދުމަތުން އެކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ. ސްކޭމްގެ އެފަދަ ލިންކެއް ލިބިއްޖެނަމަ 911 ރިޕޯޓް ކުރުމަށް ވެސް ވަނީ އެދިފަ އެވެ

ގެދޮރުވެރިޔާ ޕޯޓަލް އިން އެއްވެސް ލިންކެއް ނުފޮނުވާނެ އެވެ. އެއީ އީ-ފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާ ކޮށްފައިވާ ޕޯޓަލް އެކެވެ.

ކިޔުންތެރިންގެ ހިޔާލު