ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ޗައިނާގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރާ 50 ކައުންސިލް އިމާރާތުގެ ފީޒިބިލިޓީ ހެދުމަށް ތައްޔާރުވެއްޖެ

07 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ކައުންސިލް އިމާރާތްތައް އެޅުމަށް ތައްޔާރުވުމަށް ޗައިނާގެ ޓެކްނިކަލް ޓީމާއެކު މަޝްވަރާކުރުން. ފޮޓޯ: ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލް އިމާރާތުގެ ފީޒިބިލިޓީ ހެދުމަށްވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި މަޝްވަރާތައް ބާއްވައިފިއެވެ. 

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މީޑިއާއަށް ދިން މައުލޫމާތުގައި ބުނީ، އެ ވުޒާރާގެ ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް ޓިމާއި، ޗައިނާގެ ޓެކްނިކަލް ޓީމާއެކު މުހިއްމު މަޝްވަރާތަކެއް އިއްޔެ ކޮށްފައިވާކަމަށެވެ. 

މަޝްވަރާތަކުގައި ނިންމުނު ކަންކަމުގެ ތެރޭގައި ފަންނީ މަޝްވަރާތަކުގެ އިތުރުުން ފީޒިބިލިޓީ ސްޓަޑީއަށް ދާނެ ރަށްތައް ކަނޑައެޅުމާއި، ދަތުރުތައް ޕްލޭންކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ފައްޓާ މަޝްރޫޢުގެ ދަށުން 50 ކައުންސިލް އިމާރާތަކީ ވެސް ޖާގައިގެން ގޮތުން ތަނަވަސް މަސައްކަތަށް ފަހި މާޙައުލެއް ޤާއިމުކޮށްދޭނެ އިމާރާތްތަކަކަށް ވާނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ. 

ކައުންސިލް އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ރަށްތައް: 

ހއ - ވަށަފަރު، އިހަވަންދޫ ހއ. ދިއްދޫ 

ހދ - ކުމުންދޫ، ހދ. ނޭކުރެންދޫ، ވައިކަރަދޫ 

ށ - ފޭދޫ، ކޮމަންޑޫ، ނަރުދޫ، ގޮއިދޫ 

ނ - ހެނބަދޫ، ޅޮހި، ފޮއްދޫ، މަނަދޫ، މަގޫދޫ، ލަންލޫ 

ރ - ވާދޫ، ހުޅުދުއްފާރު 

ބ - ކަމަދޫ، ކުޑަރިކިލު، ފެހެންދޫ، އޭދަފުށި، ތުޅާދޫ، ކިހާދޫ 

ޅ - ކުރެންދޫ 

ކ - ކާށިދޫ، ގާފަރު، ތުލުސްދޫ، ހިންމަފުށި، ގުރައިދޫ 

އދ - ކުނބުރުދޫ، މަހިބަދޫ، ފެންފުށި 

މ - މުލި، މުލައް، ދިއްގަރު 

ފ - ފީއަލި

ދ - ހުޅުދެލި، ބަނޑިދޫ 

ތ - އޮމަދޫ، ގުރައިދޫ، ވޭމަންޑޫ، ބުރުނީ، ގާދިއްފުށި

ލ - މާބައިދޫ، ކުނަހަންދޫ، މާވަށް

ގއ - ނިލަންދޫ، ގއ. މާމެންދޫ 

ގދ - މަޑަވެލި 

ކިޔުންތެރިންގެ ހިޔާލު