ENGLISH
09 ސެޕްޓެމްބަރު 2025
އެސްޓީއޯއިން ފިޔާ ޝިޕްމަންޓް ބާޒާރަށް ނެރެ ކިލޯއެއް 15ރ އަށް ވިއްކަން ފަށައިފި
07 އޯގަސްޓު 2025
|
މޫސުން ގޯސްވެ މުދާ އެތެރެކުރުމަށް ދިމާވި ގޮންޖެހުންތަކާއެކު ފިޔާ ލިބުމުގައި ދަތިތަކާ ކުރިމަތިވެ، ބާޒާރުގައި ފިޔާގެ އަގު މައްޗަށް ދިއުމާއި ގުޅިގެން އެކަން ހައްލު ކުރަން އެސްޓީއޯ އިން ފިޔާ ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.
މޫސުމީ ކަންކަމުގެ ސަބަބުން ދިމާވި ދަތިތަކާ ގުޅިގެން ރާއްޖޭގެ ބާޒާރަށް ގެނައި ފިޔާ ޝިޕްމެންޓް އެކުންފުނީގެ މައި ފިހާރަ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން ވިއްކަން ފަށާފައިވާކަމަށް އެސްޓީއޯއިން މިއަދު ވަނީ ބުނެފައެވެ.
މިވަގުތު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ފިޔާ ކިލޯއެއްގެ އަގު ހުރީ 15 ރުފިޔާއަށެވެ. އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުން ވެސް އެ އަގުގައި ފިޔާ ގަންނަން ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯގެ ރޯލަކީ ވިޔަފާރިވެރިންނަށް ދަތިވާ ދުވަސްކޮޅެއްގަ، މާކެޓަށް އަންނަ ބަދަލުތަކާއެކު ބައެއްފަހަރު އަގު ކުޑަކުރަން އެހީވުމާ ތަކެތި މަދުވާ ފަހަރުތަކުގައި، މުދާ ބާޒަރަށް ވާސިލުވުމުގައި މައްސަލައެއް އުޅޭނަމަ އެކަމެއް ހައްލުކުރުން ކަމަށް މީގެ ކުރިން ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ފިޔާގެ އިތުރުން ލޮނުމެދާއި ލުނބޯ، ބިސް، މިރުސް އަދި އަލުވި ފަދަ ބާވަތްތައް ވެސް، މީގެ ކުރިން ދަތިވާ ދަނޑިވަޅުތަކުގައި އެސްޓީއޯ އިން ބާޒާރަށް ވަނީ ނެރެފައެވެ.