ENGLISH
09 ސެޕްޓެމްބަރު 2025
ކުމުންދޫ ކައިރިއަށް ދޯންޏެއް ބަނޑުން ޖަހާލުން: ދިވެއްސަކު ނިޔާވެއްޖެ
07 އޯގަސްޓު 2025
|
ކަނޑުމަތީގެ ހާދިސާއާ ގުޅިގެން ސިފައިން ހަރަކާތްތެރި ވަނީ
ހދ. ކުމުންދޫ ކައިރިއަށް ދޯންޏެއް ބަނޑުން ޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހދ. ކުޅުދުއްފުށިން ފުރައިގެން ށ. ފުންދޫއަށް ދަތުރުކުރި ސަޕްލައި ދޯނި ބަންޑުން ޖަހާލުމުގެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 8:55 ހާއިރު ކަމަށެވެ.
ދޯނީގައި ތިބީ ހަތަރު މީހުންނެވެ. އެއީ ދެ ދިވެހީންނާއި ދެ ބިދޭސީންނެވެ. އެ މީހުން ސަލާމަތްކޮށް ކުޅުދުއްފުއްޓަށް ގެންދިޔަ އެވެ.
ނަމަވެސް އެތަނުން އެކެއްގެ ހާލު ދަރެވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނު 10:30 ހާއިރު ވަނީ ނިޔާވެފަ އެވެ. އެއީ އުމުރުން 66 އަހަރުގެ ދިވެހި ފިިރިހެނެކެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.