ENGLISH
09 ސެޕްޓެމްބަރު 2025
މާވަށުގައި މަރައިލި މޫސަގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވާލައިފި
07 އޯގަސްޓު 2025
|
ކަރަށް ހަމަލާދިނުމުން މަރުވި މޫސަ. އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން އިއްޔެ ވަނީ އިންޑިއާއަށް ފޮނުވާލާފަ.
ޖުލައި 28 ވަނަ ދުވަހު ލ.މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރައިލި އެ ރަށު 29 އަހަރުގެ މޫސާ އިބްރާހީމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް އިއްޔެ ފޮނުވާލައިފިއެވެ.
މާވަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީއެއްގައި މޫސަގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ. ފުލުހުންވަނީ އެ މައްސަލާގައި މޫސައަށް ހަމަލާދިންކަމަށް ތުހުމަތުވާ މީހަކު ހައްޔަރުކޮށްފައެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ހދ. ނޮޅިވަރަމް، އަސަރީމަންޒިލް އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެއެވެ.
މޫސައަށް މުހައްމަދު އިބްރާހީމް ހަމަލާދިނީ މަސްތުވާތަަކެއްޗާ ގުޅިގެން ދެމީހުންގެ ދެމެދުގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިން ހިނގި މާރާމާރީއެއްގައެވެ.
މި މައްސަލާގައި މުހައްމަދު އިބްރާހީމް ހައްޔަރުކުރުމަށްފަހު މޫސައަށް ހަމަަލާދިނުމަށް ބޭނުންކުރި ވަޅި މޫދަށް އެއްލާލާފައިވަނިކޮށް ފީނައިގެން ފުލުހުންވަނީ ހޯދާފައެވެ.