ENGLISH
05 ނޮވެމްބަރު 2025
ޑިންގީއެއް ބަންޑުން ޖަހާލާ ކަނޑުވި 17 މީހަކު ސަލާމަތް ކޮށްފި
06 އޯގަސްޓު 2025
|
ޑިންގީ ބަންޑުން ޖަހާލި ސަރަހައްދު
ޑިންގީއެއް ބަންޑުން ޖަހާލާ ކަނޑުވި 17 މީހަކު ސަލާމަތް ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ޑިންގީ ބަންޑުން ޖަހާލީ ކ. ޒަމާނީ އައިލެންޑް ކައިރީން ކަމަށެވެ. އެ ޑިންގީ ދަތުރުކުރީ ގުރައިދޫއަށެވެ.
ޑިންގީ ބަންޑުން ޖަހާލިއިރު އޭގައި 17 މީހަކު ތިއްބެވެ. ޑިންގީގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ފަތާފައި ޒަމާނީ އައިލެންޑަށް ވަނީ އަރާފައެވެ.
އަދި މެރިން ޕޮލިހާއި ކާކު އަތޮޅު ޕޮލިސްގެ އިތުރުން ކާފު އަތޮޅު ރިސޯޓްތަކުގެ ލޯންޗުތަކުން އެ ސަރަހައްދަށް ގޮސް އެ މީހުން ސަލާމަތް ކޮށްފަ އެވެ. އެއީ ބިދޭސީންނެވެ.