ENGLISH

07 އޯގަސްޓު 2025

Advertisement

ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް އިޤުތިޞާދީ ތަރައްޤީ ކުރިއެރުވުމަށް މަޝްވަރާތަކެއް ފަށައިފި

06 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް އިޤުތިޞާދީ ތަރައްޤީ ކުރިއެރުވުމަށް މަޝްވަރާތަކެއް ފެށުން --

ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް އިޤުތިޞާދީ ތަރައްޤީ ކުރިއެރުވުމަށް މަޝްވަރާތަކެއް ފަށައިފި އެވެ.

ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން މި މަޝްވަރާތައް މިއަދު ވަނީ ފަށާފަ އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް، ރަށްރަށުގެ އިޤުތިޞާދީ ތަރައްޤީ ކުރިއެރުވުމަށް ބޭކިންގ ސިސްޓަމްގެ ތެރެއިން ކައުންސިލުތަކަށް ފައިނޭންސް ލިބޭނޭ ގޮތް ފަހިކޮށްދިނުމަށާއި، ކައުންސިލުތަކަށް އާމްދަނީ ހޯދައިދިނުމުގެ ގޮތުން، އަތޮޅު ފިހާރަތަކުން ލިބޭ ކުލި، ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުތަކަށް ޖަމާކުރުމަށާއި، ކައުންސިލުގެ ބްލޮކް ގްރާޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ ފަސް އިންސައްތަ އަކީ ހަމައެކަނި އެ ކޮމިޓީން ހިންގަން ބޭނުންވާ ހަރަކާތްތަކަށް ޚާއްޞަކުރެވޭ އެއްޗަކަށް ހެދުމާއި ގުޅޭ ކަންކަން ތަންފީޒު ކުރަން ފެށުމުގެ ގޮތުން ފެށި މަޝްވަރާތަކެކެވެ.

މީގެ އިތުރުން ކައުންސިލުތަކަށް ބްލޮކް ގްރާންޓް ދޭ އުސޫލަށް ހެޔޮ ބަދަލެއް ގެނައުމަށާއި، ލޯކަލް އޮތީރިޓީ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ފައިނޭންސް ކުރާނެ ފަރާތްތައް ހޯދައިދިނުމުގެ ކަންކަން ތާވަލާ އެއްގޮތަށް ކާމިޔާބުކަމާއެކު ތަންފީޒުކުރުމާ ގުޅޭ ގޮތުން މި ބައްދަލްވުމުގައި ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީސް މިނިސްޓްރީގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމެވެ.

ކިޔުންތެރިންގެ ހިޔާލު