ENGLISH
07 އޯގަސްޓު 2025
ގައިދީން މަސައްކަތްކުރުމުން ދޭ އެލަވަންސް ވިިހި އަހަރު ފަހުން ބޮޑުކޮށްފި
06 އޯގަސްޓު 2025
|
ގައިދީންތަކެއް މަސައްކަތް ކުރަނީ -- ފޮޓޯ: އަވަސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން މަސައްކަތް ކުރާ މީހުންނަށް ދޭ އެލަވަންސް ބޮޑުކޮށްފި އެވެ.
މިއީ ގައިދީންގެ ތެރެއިން މަސައްކަތް ކުރާ މީހުންނަށް ދެމުން އައި އެލަވަންސް މިދިޔަ 20 އަހަރުތެރޭ ބޮޑުކުރި ފުރަތަމަ ފަހަރެވެ. މިހާތަނަށް ގައިދީން ކުރާ މަސައްކަތްތަކަށް ދެމުން އައީ ދުވާލަކަށް 30 ރުފިޔާ އެވެ. ނަމަވެސް ބައެއް މަަސައްކަތްތައް ދަރަޖަ ކޮށް އެއަށް ވުރެ ބޮޑު އަދަދެއް ވެސް ދެމުން އައެވެ.
ކަރެކްޝަނުން މިހާރު ވަނީ ހުރިހާ ބާވަތެއްގެ މަސައްކަތްކުރާާ ގައިދީންނަށް ވެސް ލިބޭ އެލަވަންސް ބޮޑުކޮށްފަ އެވެ. އެގޮތުން އެންމެ ދަށް މިންވަރެއްގެ ގޮތުގައި ދުވާލަކަށް 50 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އަދި އެންމެ ގިނައިން އެލަވަންސް ލިބޭ މީހުންނަށް ދުވާލަކަށް 150 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
ކޮމިޝަނަރު އޮފް ޕްރިޒަންސް ޙަސަން ޒަރީޜު މިއަދު އެމްއެމްޓީވީއަށް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ޖަލުތަކުގެ ކަންކަން ރަނގަޅު ކުރުމާއެކު ގައިދީންނަށް ވެސް ދެވެން އޮތް އެންމެ ރަނގަޅު ފުރުސަތުތަކެއް ދިނުމެވެ. އަދި ގައިދީން އަލުން އަނބުރާ މުޖްތަމައުއަށް އަންނައިރު ދިރިއުޅެވޭނެ ގޮތެއް ފަހިކޮށް ދިނުމެވެ.
މީގެ އިތުރުން ގައިދީންގެ ގޮތުގައި މިވަގުތު އެ މީހުން ތިބި ނަމަވެސް އެ މީހުން މަސައްކަތް ކޮށްގެން ލިބޭ އާމްދަނީން އާއިލާތަކަށް ޚަރަދު ކުރަމުންދާ ކަން ކޮމިޝަނަރު ފާހަގަ ކުރެއްވި އެވެ.
ޖަލުގައި ތިބޭ ގައިދީންގެ ތެރެއިން މަސައްކަތް ކުރާ ގައިދީންނަށް އެލަވަންސް ބޮޑުކުރިއިރު އެ މީހުންނަށް މަސައްކަތް ކުރުމަކީ އިޚްތިޔާރީ ކަމެކެވެ. ގައިދީންނަށް ވަރަށް ގިނަ ދާއިރާތަކުން މަަސައްކަތް ކުރެވޭނެ ފުރުސަތު ފަހިކޮށްދީފައި އޮވެ އެވެ.
އޭގެ ތެރޭގައި ސިމެންތީގެ މަސައްކަތާއި ދަނޑު ހެއްދުމާއި އަތްތެރި މަސައްކަތްތަކާއި އިލެކްޓްރިކް މަސައްކަތްތައް ހިމެނެ އެވެ.
މަަސައްކަތް ކުރާ ގައިދީންގެ އެލަވަންސް ބޮޑުކޮށްފައި ވަނީ ޕްރިޒަންސްގެ މިހާރުގެ ވެސް ބަޖެޓްގެ ތެރެއިން ކަން ވެސް ކޮމިޝަނަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.