ENGLISH

07 އޯގަސްޓު 2025

Advertisement

ހުޅުމާލެ ފޭސް 1 ގައި އެސްޓީއޯގެ އައު ފާމަސީއެއް ހުޅުވައިފި

06 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

އެސްޓީއޯގެ އައު ފާމަސީ -- ފޮޓޯ: އެސްޓީއޯ

ހުޅުމާލެ ފޭސް 1 ގައި އެސްޓީއޯގެ އައު ފާމަސީއެއް ހުޅުވައިފި އެވެ.

އެސްޓީއޯއިން ހުޅުމާލޭގައި އަލަށް ހުޅުވި ފާމަސީ "އެސްޓީއޯ ފާމަސީ ސެންޓްރަލް" ގެ ޚިދުމަތް އިއްޔެ އިން ފެށިގެން ވަނީ ރައްޔިތުންނަށް ފޯރުކޮށްދޭން ވަނީ ފަށާފަ އެވެ.

މި ފާމަސީ އަކީ އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް 2024 ވަނަ އަހަރުގެ އާންމު ޖަލްސާގައި ހާމަކުރެއްވި ގޮތުގައި، ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހިންގަމުން އައި ތަނުގައި ޤާއިމްކުރެވިފައިވާ ފާމަސީ އެކެވެ. އެއީ ހުޅުމާލޭ ހުވަނދުމާ ހިނގުމުގައި، ހުޅުމާލެ ހޮސްޕިޓަލް ކައިރި އެވެ.

މި ފާމަސީ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯގެ ސިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، މި ފާމަސީން ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒަރ ފަދަ ތަކެތި ވިއްކުމުގެ ޚިދުމަތް ފޯރުކޮށްދޭނެ އެވެ.

މި ފާމަސީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށް ހުޅުވިފައި ހުންނާނެ އެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށްޓަކައި ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ޚިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ޚިދުމަތްވެސް ލިބެން ހުންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު