ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

އެމްޑީޕީ ސަރުކާރުން ހިންގި ޖަރީމާތައް ފާހަގަކޮށް އެމްޕީ ހުސައިންގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

06 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

އެމްޑީޕީ ސަރުކާރުން ހިންގި ޖަރީމާތައް ފާހަގަކޮށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފްގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް އެމްޑީޕީއާ އެ ސަރުކާރުގެ ވެރީންނަށް އަމާޒު ކުރައްވައިފި އެވެ.

މެންބަރު ހުސައިން ޝަރީފް އެހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ހިންގި ޖަރީމާތަކާއި ގުޅޭ ޕޯސްޓެއް ހިއްސާ ކުރައްވާ ހުސައިން ވިދާޅުވީ ބިރެއް ޖެހިލުމެއްނެތި ކަރުދާސް ކުންފުނި ހަތިޔާރަކަށް ބޭނުންކޮށްގެން، ހަތަރު ބިލިއަނަށްވުރެން ގިނަ ރުފިޔާއިން ފެނަކަ ކުންފުނި ދަރުވާލީ އެމްޑީޕީ ސަރުކާރުން ކަމަށް ވިދާޅުވި އެވެ.

".. މި ދައްކަނީ ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ތެރެއިން އެންމެ ކުންފުންޏެއްގެ ވާހަކަ، މިވަރުގެ ބޮޑެތި ޖަރީމާތައް ހިންގާފަ ގޮސްތިބެގެން މިކިޔަނީ، ދެ އަހަރު ނުވާ ޕީއެންސީ ސަރުކާރަށް ނިސްބަތްކޮށް ރަށްރަށުގެ ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ މައްސަލަތައް ހައްލުނުވާ ވާހަކަ," ހަގީގަތް އޮޅުވާލަން އެމްޑީޕީން މިހާރު ދައްކާ ވާހަކަތަކަށް ރައްދު ދެއްވާ ހުސައިން ވިދާޅުވި އެވެ.

ހުސައިން ވިދާޅުވި ގޮތުގައި މިހާރު ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތަކުގެ އަސްލަކީ އެމްޑީޕީގެ މިދިޔަ ސަރުކާރުން އަމަލުކުރި ގޮތެވެ. އަދި ރައްޔިތުންގެ ފައިސާއަށް ޚިޔާާނާތްތެރިވެ ހިންގި ކޮޕަރްޝަނާއި ފަސާދައިގެ އަމަލުތަކެވެ. އެވަރުގެ ޖަމާރީ ހިންގި ބަޔަކު ނިކުމެ އެހެން ބައެއްގެ ބޮލުގައި ކަންކަން އަޅުވަން ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"މިބާވާތުގެ ވާހަކަ އެމްޑީޕީން ދަށްކަންޏާ ކިރިޔާވެސް ހިލަމެއްވާ އިންސާނަކު ބުނާނީ، ހެޔޮނުވާނެއޭ ދައުލަތް ނޮޅާ، ލޫޓުވާލި ޚިޔާނާތްތެރިންގެ ތަޙްޤީގުތަށް ލިބެން ހުރި ހުރިހާ ވަޞީލަތެއް ބޭނުންކޮށްގެން ނަމަވެސް އަވަސްކޮށްދެށޭ," ޖަރީމާ ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަން ފާހަގަ ކުރައްވާ ހުސައިން ޝަރީފް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު