ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހުން ފާސްކޮށްފި

06 އޯގަސްޓު 2025

|

ޝާމަ ޝުޢައިބު

ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށް ބިލު ހުށަހެޅުއްވި މެންބަރު އިބްރާހީމް ހުސައިން - ފޮޓޯ: މަޖިލިސް

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. 

ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހަސަން ހުށައަޅުއްވާފައިވާ މި ބިލު ދިރާސާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީންނެވެ. 

ކޮމިޓީން ހުށަހެޅި ރިޕޯޓު އިތުރު އިސްލާހެއް ނުގެނަސް ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 45 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓު ދެއްވިއެވެ. 

މިއީ ލާމަރުކަަޒީ ނިޒާމު ހަރުދަނާ ކުުރުމަށް ސަރުކާރުން ހުށައަޅާފައިވާ ބިލެކެވެ. އެ ގޮތުން ކައުންސިލުގެ ދައުރުގެ ފަހު އަހަރުގައި ފިނޭންސް މިނިސްޓްރީއާއި އެލްޖީއޭގެ އިރުޝާދުތަކާއި ކަނޑައަޅާ އުސޫލުތަކާ ހިލާފަށް ދާއިމީ ނުވަތަ ކޮންޓްރެކްޓު މުވައްޒަފުން ވަޒީފާއަށް ނުނެގޭނެ ކަމުގައި ހިމަނާފައިވެއެވެ.

ހަމައެހެންމެ އެ މުއްދަތުގައި ކައުންސިލުގެ އިހުތިސާސްގެ ދަށުގައި ހުރި ބިންތައް ކުއްޔަށް ދޫނުކުރެވޭނެއެވެ. އަދި ކުރިން ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ވެސް އެ މުއްދަތުގައި ނުފެށޭނެއެވެ. 

މި ބަދަލާއެކު ކައުންސިލުގެ މުއްދަތު ހަމަވާން ގާތްވެފައި އޮއްވައި ކުރިއަށް އޮތް މުއްދަތުގައި ގެއްލުން ލިބޭ ގޮތަށް ނިންމުންތައް ނިންމުން ހުއްޓޭނެއެވެ. އަދި ކައުންސިލުތަކުގެ އިހުތިސާސުގައި ހުންނަ ބިންތަކާއި، ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މަގު މުޅިން ބަންދުވާނެއެވެ. 

އޭގެ އިތުރަށް ކައުންސިލުތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ބޭނުން ވިޔަފާރިއެއް ކުރެވޭ ގޮތަށް އޮވެއްޖެނަމަ ރަށްރަށުގެ އިގުތިސާދުތަކުގައި އާއްމު ރައްޔިތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއަށް އެ ކުންފުނިތައް ވަނުމުން އާއްމު ވިޔަފާރިތަކަށް ގެއްލުންވެއެވެ. އެ ޝަކުވާ މިހާރުވެސް ރަށްރަށުން ސަރުކާރާ ހަމައަށް އަންނަމުންދެއެވެ. 

މިދެންނެވި މައްސަލަ ހައްލުކުރުމަށް ބިލުގައި ހުށަހަޅާފައި އޮތީ ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ކުރާ ވިޔަފާރީގެ ތެރެއަށް ކައުންސިލުތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ނުވަދެވޭ ގޮތަށެވެ. ނަތީޖާއަކަށްވާނީ ރަށުގެ އިގުތިސާދުގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކަށް ރައްކާތެރިކަން ލިބުމެވެ. 

ކައުންސިލުތަކުން ހަރަދުކުރުމުގައި ޒިންމާދާރުކުރުވުމަށްޓަކައި ބިލުގައި ހުށަހަޅާފައި އޮތީ ކައުންސިލުތަކުގެ އެކައުންޓުތައް ބެލެހެއްޓުމުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލަކަަށް އަމަލުކުރުން ބިލުގައި ލާޒިމުކުރުމެވެ. އަދި އެ ބިލުން، ފިނޭންސް މިނިސްޓްރީން އެދިއްޖެނަމަ ކައުންސިލުގެ ބޭންކު ސްޓޭޓުމެންޓު ފިނޭންސް މިނިސްޓްރީއާ ހިއްސާކުރުން ލާޒިމުކުރެއެވެ. 

މި ފިޔަަވަޅާއެކު ކައުންސިލުގެ އެކައުންޓުތަކުން ފައިސާ ގެއްލުމާއި، ފައިސާ ނުބެލެހެއްޓި ވީނުވީއެއް ނޭނގުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެއެވެ. އަދި ވަކި އުސޫލެއްގެ ތެރެއިން ހަރުދަނާ ގޮތެއްގައި ކައުންސިލުގެ ފައިސާ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު