ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ގިނަ ޕޮއިންޓް ލިބުނު ބަޔަކު ތިއްބާ ކުރީ ސަރުކާރުން އެހެން ބަޔަކަށް ފްލެޓް ކަނޑައެޅި މައްސަލަ އޭސީސީއަށް

06 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ބިނާކުރި ހައުސިން ޔުނިޓުތައް --

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރި 4،000 ހައުސިން ޔުނިޓް ދިނުމުގައި 76 އަށް ވުރެ މަތިން މާރކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 އަށް ވުރެ މަތިން މާރކްސް ލިބުނު ބައެއް މީހުންނަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެ މީހުންނަށް ފުލެޓް ކަނޑައަޅާފައިވާ މައްސަލަ އޭސީސީއަށް ހުށައަޅައިފި އެވެ.

އެ މައްސަލަ އޭސީސީއަށް ހުށައެޅިކަން މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ވަނީ ޔަޤީން ކޮށްދީފަ އެވެ.

އެ މިނިސްޓްރީން ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިން ކުރީ ސަރުކާރުގެ ދުވަސްވަރު ނޮވެންބަރު 2023 ގައި ކޮށްފައިވާ އިޢުލާނުގައި، އެ އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށާއި، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓްތައް 75 މާރކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ކަމަށާއި އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 2023 ނޮވެންބަރު 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، 76 އަށް ވުރެ މަތިން މާރކްސް ލިބި ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރިކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އަދި 76 އަށް ވުރެ މަތިން މާރކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 އަށް ވުރެ މަތިން މާރކްސް ލިބުނު ބައެއް މީހުންނަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެ މީހުންނަށް ފުލެޓް ކަނޑައަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެން ކަމުން އެ މައްސަލަ އޭސީސީއަށް ވަނީ ހުށައަޅާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގޮތަށް 301 ޔުނިޓް ވަނީ ކަނޑައަޅާފަ އެވެ. އެއީ ފްލެޓް ހޯދުމަށް ހުށައަޅާފައިވާ މީހުންގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް އަދި ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދާ ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުޤީޤު ކޮށް ދިނުމަށް ވަނީ އެދިފަ އެވެ.

ސަރުކާރުން ދަނީ އެންމެ ޙައްޤު މީހާއަށް ފްލެޓް ދިނުމަށް މަސައްކަތް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު