ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ހުރާގެ އަގުބޮޑު މޮނިއުމަންޓަށް ގެއްލުން ދީފި

06 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ހުރާގައި ބަހައްޓާފައިވާ މޮނިއުމަންޓް

ކ. ހުރާގެ އަގުބޮޑު މޮނިއުމަންޓަށް ގެއްލުން ދީފި އެވެ.

އެ ރަށު ބަނދަރުމަތީ ހަދާފައިވާ މޮނިއުމަންޓަށް ގެއްލުން ދިނީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.

ހުރާ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އެ ކައުންސިލުން ބުނީ މިއީ ރައްޔިތުންގެ މާލިއްޔަތުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ މޮނިއުމަންޓެއް ކަމަށާ ރައްޔިތުންގެ މިފަދަ މުދަލަށް ގެއްލުން ނުދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މޮނިއުމަންޓަށް ގެއްލުން ދިން މައްސަލަ ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާ ކަމަަށް ވެސް ބުންޏެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ މައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށެވެ. މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު