ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކު ހައްޔަރުކޮށްފި

06 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން

މަސްތުވާތަކެތީ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮގަސްޓު އިއްޔެ ހިންގި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަަލައިފާސްކުރުމަށް ފަހު އެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.08 ގުރާމުގެ ތަކެއްޗާއި ފަސް ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށްފަހު އެކަކު ވަނީ ދޫކޮށްލާފައެވެ.

ބަންދުކުރި މީހުންގެ ވަނަވަރު ވަނީ ހާމަކޮށްފަ އެވެ. އެއީ މ. އާރު / މާލެ، މުޙައްމަދު ލަޔާން އަޙްމަދު (21އ) އާއި ކޮކާހަނދުވަރު / މ. މުލައް، ޢަލީ ނާޘިމް (40އ) ހަތްދުވަހަށް އަދި މ. މޯނިންގވިޔު / މާލެ. ޢަލީ ނާވީ ނިޔާޒު (23އ) އެވެ.

ފުލުހުން ބުނީ އެ ތިން މީހުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު