ENGLISH
09 ސެޕްޓެމްބަރު 2025
ޓެކުހާ ގުޅޭ ޖޫރިމަނާތައް ބޮޑުކުރާ ބިލު ފުރިހަމަ! އިދިކޮޅު އެމްޑީޕީ ވެސް މިކަމާ އެއްބަސް: ފަލާހު
06 އޯގަސްޓު 2025
|
ޕީއެންސީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު - ފޮޓޯ: މަޖިލިސް
ޓެކުހާ ގުޅޭ ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތައް ހަރުކަށިކުރުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވަރަށް ފުރިހަމަ ކަމަށް ޕީއެންސީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހަޅުއްވާފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ މި ގާނޫނަކީ މުޅި ރާއްޖެއަށް އެންމެ މުހިއްމު އެއް ގާނޫނޭ ދެންނެވުމަކީ ކުށަކަށް ނުވާނެ ކަމަށެވެ.
ސަބަބަކީ މި ގާނޫނަކީ ދައުލަތުގެ އާމްދަނީއާ ގުޅިފައިވާ ގާނޫނަކަށް ވުމާއެކު މިއީ ވަރަށް ފުރިހަމައަށް ލިޔެވިފައިވާ އަދި ވަރަށް މޮޅަށް ހެދިފައިވާ ގާނޫނަކަށް ވާންޖެހުންކަމަށް މެންބަރު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ މުހިއްމު ގާނޫނަކަށް ސަރުކާރުގެ ފަރާތުން ހުށަހެޅިފައިވާ އިސްލާހުތަކަކީ ވެސް މުހިއްމު އަދި އޭގެ ސަބަބުން މުޅި ގައުމަށް ފައިދާކުރާނެ އިސްލާހުތަކެއް ކަމަށް ފަލާހު ވިދާޅުވިއެވެ.
"ރާއްޖެއަށް އެކިއެކި ގޮތްގޮތުން އާމްދަނީގެ ގޮތުގައި ދައުލަތުގެ އެކިއެކި މުވައްސަސާތަކާއި ސަރުކާރާއި އެކު ހުރިހާ ދައުލަތުގެ މުވައްޒަފުންނަށް އަދި އެނޫން ވެސް ރާއްޖޭގެ އެންމެހާ ތަރައްގީގެ މަސައްކަތްތަކާއި ހުރިހާ ކަމަކާއި ގުޅިފައިވަނީ ދައުލަތަށް ލިބޭ އާމްދަނީގެ މައްޗަށް. އެހެންވެ މި ގާނޫނަކީ ވަރަށް މޮޅަށް ވަރަށް ފުރިހަމައަށް ހެދިފަ އޮންނަން ޖެހޭ ގާނޫނެއް ކަމަށް ދެކެން. " - ޕީއެންސީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
ފަލާހު ވިދާޅުވީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއި ބެހޭ ގޮތުން އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން އާންމު ގޮތެއްގައި ސަރުކާރުގެ ފަރާތުން ބިލެއް ނުވަތަ ގާނޫނެއް ހުށަހެޅުމުން ކޮންމެވެސް ސިޔާސީ ސަރަކާތްތަކެއް ޖަހާ ކަމަށެވެ.
އެހެން ނަމަވެސް މިއަދު ހުށަހެޅިފައިވާ ބިލަށް ބަހުސްކުރެއްވި އެމްޑީޕީ މެންބަރުން ވަނީ އެ މި ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ ވަރަށް ރަނގަޅު ވަރަށް މުހިންމު އިސްލާހުތަކެއް ކަން ފާހަގަކުރައްވާ އެއީ ވަރަށް ފުރިހަމަ އަދި ވަރަށް ރަނގަޅަށް ގެންނަންޖެހޭ އިސްލާހުތަކެއްކަން ފާހަގަކުރައްވާފައި ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
ހަމައެކަނި މިކަމުން ވެސް މި ބިލުގެ މުހިއްމުކަން ހާމަވާކަމަށް މެންބަރު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި މި ބިލު ހުށަހަޅާފައިވަނީ، ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން ހުށަހަޅާންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި އެ ފަރާތުން ދައްކަން ޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިޚުތިޔާރު މީރާއަށް ދިނުމަށާއި މީރާގެ ބާރުތައް މުރާޖާކޮށް، ޓެކުހާ ގުޅޭ ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތައް ބޮޑުކުރުމަށެވެ.
ޓެކްސް ހޯދުމަށްޓަކައި މީރާއަށް މިހާރު ގާނޫނުން ލިބިދޭ ބާރުތައް ފުޅާކުރުމަށް ހުށަހަޅާފައިވާއިރު ކޮމިޝަނާ އޮފް ދަ ޓެކްސޭޝަން އަށް ލިބިދީފައިވާ ބާރުތައް ވެސް ވަނީ އިތުރަށް ތަފްސީލުކޮށްފައެވެ.