ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހާ މަސް ދުވަހަށް ބަންދު

06 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހާ

ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ގެއްލުންދިން މީހާ ބަންދުކޮށްފި އެވެ.

ހަރުގެއަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، މ.ސްޓާ އުމުރުން 49 އަހަރުގެ މުހައްމަދު ރަޒީންނެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު ފުރަތަމަ ދޫކޮށްލީ އެވެ. ނަމަވެސް ކޯޓް އަމުރެއްގެ ދަށުން އަލުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މީހާއަކީ އާންމުންނަށް އުނދަގޫވާނެ ހެން އަމަލުކުރުމާ ތަންތަނަށް ގެއްލުން ދިނުމުގެ ރެކޯޑް އޮތް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު