ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ޓެކްސް ގާނޫނަށް އިސްލާހު ގެނައުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް: ނާޒިމް

06 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ހޯދުމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ ބާރުތައް ފުޅާކޮށް، ޓެކުހާ ގުޅޭ ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތައް ހަރުކަށިކުރުމަށް ޓެކްސް ނެގުމާ އިދާރީ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލްގެ ބަހުސްގައި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވިގޮތުގައި ޓެކްސް ގާނޫނަށް ކޮންމެހެން އިސްލާހު ގެނަން ޖެހެނީ، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ވެސް މިހާރު ނުހައްގު މުއްސަނދިކަން ހޯދައި، އެ މުއްސަނދިކަން ފޮރުވާ މަންޒަރު ފެންނަމުންދަތީ އެވެޱ

މި ގާނޫނަށް ގެންްނަ އިސްލާހާއެކު، ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން ހުށަހަޅާންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި އެ ފަރާތުން ދައްކަން ޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިޚުތިޔާރު މީރާއަށް ދިނުމަށާއި މީރާގެ ބާރުތައް މުރާޖާކޮށް، ޓެކުހާ ގުޅޭ ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތައް ބޮޑުކުރެވޭނެ އެވެ.

ނާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް އަންނަ ބައެއް މައްސަލަތަކުން ވެސް ފާހަގަވަނީ ނުހައްގު މުއްސަނދިކަން ހޯދައި، އެޕާޓުމަންޓުތައް ގަނެ އެކި މީސްމީހުންގެ ނަންމަތީގައި ރަޖިސްޓަރީކޮށް، ފޮރުވާފައިވާ ތަން ކަމަށެވެ.

ނާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި ޓެކްސް ގާނޫނަށް އިސްލާހު ގެނައުމަކީ ލިބޭ ބޮޑު ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު