ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

އެއްބާރުލުމެއް ނުލިބޭ، އަދިވެސް ޔުމްނުގެ ބަޔާނެއް ނުނެގޭ

06 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ޔުމްނުއާ ރައުދު

އޭޕްރިލް 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި މައްސަލައިގެ ތަހުޤީޤަށް އޭނާގެ ބަޔާނެއް އަދިވެސް ނުނެގޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

މި ހާދިސާއާ ގުޅިގެން ޔުމްނު ވަނީ ފަރުވާއަށް މެލޭޝިޔާއަށް ގެންގޮސްފަ އެވެ. ނަމަވެސް ފުލުހުންގެ ތަޙުޤީޤަށް އާއިލާއިން އެއްވެސް އެއްބާރުލުމެއް ނުދެ އެވެ.

ފުލުހުން މިއަދުވެެސް ބުނީ އަދިވެސް ޔުމްނުގެ ބަޔާނެއް ނުނެގޭ ކަމަށެވެ.

މެއި މަހު ފުލުހުން ނެރުނު ބަޔާނުގައި ބުނީ ޔުމުނުއާ ސުވާލުކުރުމުގެ އިންތިޒާމު އާއިލާގެ އެއްބާރުލުން ލިބުމާއެކު ހަމަޖެއްސުމަށް ފުލުހުން ތައްޔާރުވެފައިވާ ކަމަށެވެ. އަންހެން މީހާ އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން މެލޭޝިޔާގައި ހަރަކާތްތެރި ވަމުންދާ ކަމަށާ އޭގެ ތެރެއިން އެކަކީ މެޑިކަލް ޑޮކްޓަރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަންހެން މީހާ ވެއްޓުނު މައްސަލައިގެ ތަހުޤީޤަށް އޭނާގެ އާއިލާގެ ފަރާތުން ފުލުހުނަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށާ އަދި އަނިޔާ ލިބުނު މީހާގެ ސިއްޙީ ހާލަތާއި ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަދި ބުނީ މެލޭޝިޔާގައި ޔުމުނު އަށް ފަރުވާ ދެމުންދިޔަ ހޮސްޕިޓަލް ބަދަލުކުރިއިރު ފުލުުހުންނަށް އެ މަޢުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށެވެ. އިތުރަށް ބުނީ ފުލުހުންގެ ތަހުޤީޤު ޓީމުން މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުން އައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދު ގައި ކަމަށެވެ.

ނަމަވެސް އެ އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިޔާގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތީން ތަހުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްޓަކައި މެލޭޝިޔާގެ ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ދުވަހު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު