ENGLISH
09 ސެޕްޓެމްބަރު 2025
ފުވައްމުލަކުގައި 17 އަހަރު ކުއްޖަކު ނިޔާވުން: ރައީސްގެ ތަޢުޒިޔާ
06 އޯގަސްޓު 2025
|
ފުވައްމުލަކު ސިޓީ
ފުވައްމުލަކު ސިޓީގައި ރޭ ހިނގި ނުރަައްކާތެރި އެކްސިޑެންޓެއްގައި އުމުރުމް 17 އަހަރު ކުއްޖަކު ނިޔާވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
ރޭގެ އެކްސިޑެންޓް ހިނގާފައި ވަނީ މެންދަމު 2:40 ހާއިރު އެވެ. އެކްސިޑެންޓްވީ ފުވައްމުލަކު ފުނާޑު، ހުސްނުހީނާ މަގުން ދުއްވާފައިދިޔަ ސައިކަލެެއް ފާރެއްގައި ޖެހި ކޮންޓްރޯލްނުވެ ގޮސް އެ ސަރަޙައްދުގައި ހުރި މަގުބައްތި ހޮޅިދަނޑީގައި ޖެހިގެންނެވެ.
ސައިކަލު ދުއްވަން އިނީ 17 އަހަރުގެ ކުއްޖާއެވެ.
އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނީ ނިޔާވީ މެންދަމު 3:38 ހާއިރު އެވެ.
އެ ހާދިސާއާ ގުޅިގެން ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުވައްމުލައް ސިޓީގައި، ރޭ ހިނގި އެކްސިޑެއްޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
މި ޙާދިސާގައި ނިޔާވި ކުއްޖާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާކުރައްވާފަ އެވެ. އަދި މަރްޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރެއްވުން އެދިވަޑައިގެންފައިވެ އެވެ.