ENGLISH
09 ސެޕްޓެމްބަރު 2025
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
06 އޯގަސްޓު 2025
|
ފުވައްމުލަކުގައި ހިންގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖެކެވެ.
މި އެކްސިޑެންޓު ހިނގީ ފުވައްމުލަކު ފުނާޑު އަވަށުގެ ހުސްނުހީނާ މަގުގައި ރޭ ދަންވަރު 2:30 ހާއިރުއެވެ. މި އެކްސިޑެންޓު ހިނގީ ސައިކަލް ކަހާލައިގެން ގޮސް ތަނެއްގައި ޖެހިގެންކަމަށް ބެލެވޭ ކަމުގައި އެރަށުން މައުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުގައި ސައިކަލް ދުއްވަން އިން ކުއްޖާގެ ބޮލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެ ކުއްޖާއަށް ފަރުވާ ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސްއެވެ.