ENGLISH

07 އޯގަސްޓު 2025

Advertisement

ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ، ޙާލު ރަނގަޅު

05 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ގެއްލިގެން ހޯދި ކުއްޖާ

ފާދިއްޕޮޅު ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދީ ނައިފަރު، ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15އ)  އެވެ.

ފުލުހުން ބުނީ ޚަދީޖަތު މައިސަރާ، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވާ ކަމަށެވެ.

ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މި އޮގަސްޓު މަހުގެ ދެ ވަނަ ދުވަހުގެ 10:25 އެހައިކަންހާއިރު އެވެ.

އޭގެ ފަހުން ޚަބަރެއް ނުވެ އެވެ. ތިން ދުވަސް ފަހުން އޭނާ ފެނުނީ މިރޭ ނައިފަރު މަގުމަތީންނެވެ. ކުއްޖާގެ ޙާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު