ENGLISH

06 އޯގަސްޓު 2025

Advertisement

"ކަނބުލޮ"ގެ ޓިކެޓް ވިއްކަން ފެށުމާ އެކު އޮލިމްޕަހުގައި ކިޔޫ ދަމާލައިފި

05 އޯގަސްޓު 2025

|

މުރުޝިދު އަބްދުލް ޙަކީމް

ކިޑް ޕްރޮޑަކްޝަނާއި ސެޓަރން ސްޓޫޑިއޯ ހުށަހަޅައިދޭ ކަނބުލޮގެ ޓިކެޓް ވިއްކަން މިއަދު ފެށުމާއެކު އޮލިމްޕަސް ކައރީ ކިޔޫ ދަމާލައިފިއެވެ.

މިދިޔަ އަހަރު ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯއިން ގެނެސްދިން ކަމަނާ އަށް ވެސް ވަނީ މިފަދަ ބޮޑު ތަރުހީބެއް ލިބިފައެވެ.

އެ ފިލްމުގެ 200 އަށްވުރެ ގިނަ ޝޯ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އަޅުވާފައިވެއެވެ.

ރެކޯޑް ހެދި، ކާމިޔާބު ފިލްމު "ކަމަނާ" ގެ ޕްރޮޑިއުސަރު އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު ޕްރޮޑިއުސްކުރާ މި ފިލްމު އޮލިމްޕަހުގައި އަޅުވާނީ 31 އޯގަސްޓްގައެވެ.

މުޖުތަމަޢުގައި ޖިންސީ އަނިޔާ އާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު އެފަދަ ކަންކަން އެއްވެސް މިންވަރަކަށް ތަހައްމަލްނުކޮށް ރިޕޯޓްކުރުމަށް ފިލްމުގައި ހިތްވަރުދެއެވެ.

ހުސެން މުނައްވަރު ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް،ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު، އަދި މަރިޔަމް ޝަކީލާއެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.

އަނިޔާވެރިކަމާއި، ހިތާމަޔާއި، ހިތްދަތިކަމުގެތެރޭން އުންމީދާއި ލޯތްބާއި އުފާވެރިކަންވެސް ދައްކުވައިދޭ މި ފިލްމަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ޤައުމީ މުބާރާތުން އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ އަސްލަކަށް ބަލައިގެން ތައްޔާރުކުރާ ފިލްމެކެވެ.

ޔަޝްފާ ޢަބްދުލް ޣަނީގެ މި ވާހަކަށް ސްކްރީން ޕްލޭ ލިޔެފައިވަނީ ރާއްޖޭގައި ނެރުނު އެންމެ ކާމިޔާބު ފިލްމުތަކާއި ޑްރާމާތަކުގެ  ސްކްރީން ޕްލޭ ލިޔުނު މަހުދީ އަހުމަދު އެވެ.

ފިލްމުގެ ޓިކެޓް ބުކިންއަށް ކުރިން ހުޅުވާލާފައިވާއިރު ފުރަތަމަ ޝޯގެ ބުކިންގ މިއަދު 12 ޖެހުމުގެ ކުރިން ނުނަގާނަމަ ކެންސަލްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު