ENGLISH

06 އޯގަސްޓު 2025

Advertisement

ޖުލައި މަހު ވޭޕާ ގުޅުންހުރި 15 މައްސަލަ، އެންމެ ގިނައީ ވޭޕް ގެންގުޅުމުގެ މައްސަލަތައް

05 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ވޭޕާ ގުޅުންހުރި 15 މައްސަލަ ޖުލައި މަހު ހުށަހެޅުނު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

އެ އިދާރާއިން މިއަދު ވަނީ މިދިޔަ މަހުގެ ވޭޕާ ގުޅުންހުރި މައްސަލަތަކުގެ އަދާހަމަ ހާމަކޮށްފައެވެ. އެގޮތުން މިދިޔަ މަހު ފުލުހުން އެންމެ ގިނައިން ބަލާފައިވަނީ ވޭޕް ގެންގުޅުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 8 މައްސަލަ ހުށަހެޅުނުއިރު، ވޭޕް ބޭނުންކޮށްގެން 6 މައްސަލަ ހުށަހެޅުނެވެ. އަދި، ވޭޕް ގަނެވިއްކުމާއި ގުޅޭ 1 މައްސަލަ ފުލުހުން ވަނީ ބަލައިފައެވެ. 

ވޭޕާ ގުޅުންހުރި މައްސަލަތަކުގައި 22 މީހަކު ޖުމްލަ 127،000 ރުފިޔާއިން މިދިޔަ މަހު ޖޫރިމަނާކުރިއެވެ. އެގޮތުން، ވޭޕްކޮށްގެން ކުރި ޖޫރިމަނާގެ އަދަދަކީ 62،000 ރުފިޔާއެވެ. ވޭޕް ގަނެވިއްކުމުގެ ވިޔަފާރީގެ މައްސަލަތަކުގައި 7،000 ރުފިޔާއިން ޖޫރިމަނާކުރިއިރު، ވޭޕް ގެންގުޅުމާ ގުޅިގެން 58،000 ރުފިޔާގެ ޖޫރިމަނާކޮށްފައިވެއެވެ. 

ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާއެކު ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި ހިލޭ ބެހުން މަނާ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުއެވެ.

މިދިޔަ ޑިސެމްބަރުން ފެށިގެން ފުރަތަމަ 6 މަސް ތެރޭ ވޭޕާ ގުޅުންހުރި 83 މައްސަލަ ފުލުހުން ވަނީ ބަލައިފައެވެ. އޭގެތެރޭގައި ހިމެނެނީ ވޭޕް ގެންގުޅުމުގެ 50 މައްސަލައާއި ވޭޕް ބޭނުންކުރުމުގެ 25 މައްސަލައިގެ އިތުރުން ވޭޕް ގަނެވިއްކުމުގެ 8 މައްސަލައެވެ. 

ކިޔުންތެރިންގެ ހިޔާލު