ENGLISH

06 އޯގަސްޓު 2025

Advertisement

މުރައިދޫގައި މިސްކިތެއް އިމާރާތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

05 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

ހއ. މުރައިދޫގައި މިސްކިތެއް އިމާރާތްކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

ހއ. މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާ އެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަޙުމަދު ސަޢުދީއެވެ. އަދި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނާއިބު އިބްރާހިމް އާސިމްއެވެ. 

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ އިން ބުނީ، މި މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ވުޟޫ ކުރާނެ ބަޔަކާއި، މުއްނާރު، ލޭންޑް ސްކޭޕިން އަދި ވަށާފާރުގެ އިތުރުން ލައިބްރަރީއެއް އެކުލެވޭ ގޮތަށެވެ. މީގެ އިތުރުން މިސްކިތް ބިނާ ކުރެވޭނީ ސޯލަރ ސިސްޓަމް ވެސް ހަރުކުރެވޭ ގޮތަށެވެ.

ދަޢުލަތުގެ ބަޖެޓުން 7.79 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބިނާކުރާ މި މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު