ENGLISH

06 އޯގަސްޓު 2025

Advertisement

ގެމަނަފުށީގައި އިމާރާތްކުރާ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ނިންމަން އާރުޑީސީއާ ހަވާލުކޮށްފި

05 އޯގަސްޓު 2025

|

ޢަލީ ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއި އާރުޑީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އާރުޑީސީ

ގއ. ގެމަނަފުށީގައި އިމާރާތްކުރާ މިސްކިތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ޙަވާލުކޮށްފިއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެ މަސައްކަތް އާރުޑީސީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވައިފައެވެ. 

ގެމަނަފުށީގައި މިސްކިތް ބިނާކުރުމަށް އަމިއްލަ ކުންފުންޏަކާ އެންމެ ފުރަތަމަ ހަވާލުކުރީ ކުރީ ސަރުކާރުގައި 2023 އޯގަސްޓް މަހުގައެވެ. އޭރު މަސައްކަތް ހަވާލުކުރީ  އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދަން ނިންމި އެ މަޝްރޫޢު ނިންމަން ދިނީ އެއް އަހަރުގެ މުއްދަތެވެ. އެހެންނަމަވެސް، އޭރުގެ ވެރިކަން ނިމުނުއިރު އެ މިސްކިތުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފެށިފައެއްނުވެއެވެ. 

ގެމަނަފުށީ މިސްކިތުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހުއެވެ. ބިންގާ އަޅައި އަމަލީ މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ ފެބްރުވަރީ މަހެވެ.  

ގެމަނަފުށީގައި އިމާރާތްކުރަނީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އާރުޑީސީން އަންނަނީ ގިނަ ރަށްތަކެއްގައި ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. އެގޮތުން އިއްޔެ އެ ކޯޕަރޭޝަނުން "އެކްސް" ގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، ލ. ގަމު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އިޖުތިމާއީ މަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު