ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ވިލުފުށި ބޭރުގައި ދޮށީ ކަނދުފައްޗެއް އަޅައިފި

05 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

ތ. ވިލުފުށީ ބޭރުގައި އަޅާފައިވާ ދޮށީ ކަނދުފަތި. ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ

ތ. ވިލުފުށި ބޭރުގައި ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފައްޗެއް އަޅައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ތ. ވިލުފުށީ ދޮށީ މި ކަނދުފަތި އަޅާފައިވަނީ، ވިލުފުށީ އިރުން 10 މޭލު ބޭރުގައެވެ. މި ކަނދުފަތީގެ ނަންބަރަކީ، L09D03-02 އެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. 

މި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ދެ ބާވަތެއްގެ ކަނދުފަތި ވަނީ އަޅައިފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގ އަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ.

ކިޔުންތެރިންގެ ހިޔާލު