ENGLISH
09 ސެޕްޓެމްބަރު 2025
ނައިފަރުން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ
05 އޯގަސްޓު 2025
|
ގެއްލިގެން ހޯދަމުންދާ ކުއްޖާ
ފާދިއްޕޮޅު ނައިފަރުން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ ނައިފަރު، ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15އ) އެވެ.
ފުލުހުން ބުނީ މައިސަރާ، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މި އޮގަސްޓު މަހުގެ ދެ ވަނަ ދުވަހުގެ 10:25 އެހައިކަންހާއިރު ކަމަށާއި އޭރު ލައިގެންހުރީ ވިލުނޫކުލައިގެ، އަތްކުރު ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މައިސަރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ ނައިފަރު ޕޮލިސް ސްޓޭޝަން ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށް ވެސް ބުންޏެވެ.