ENGLISH
09 ސެޕްޓެމްބަރު 2025
ޝަހީދު ނަން އަނބުރާ ގެންދިއުމުން ހައިކޯޓުގެ ފަނޑިޔާރުކަމަށް އަލުން ހުޅުވާލައިފި
05 އޯގަސްޓު 2025
|
ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ނަން އަނބުރާ ނެގުމުން، ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައްވައިފިއެވެ
ޖޭއެސްސީން ބުނީ ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި އެ މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުށަހެޅޭނެކަމަށް ޖޭއެސްސީން ބުންޏެވެ.
ޝަހީދު ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެހެންކަމުން އޭނާ ވަނީ އެޕްލިކޭޝަން އަނބުރާ ގެންގޮސް ފަނޑިޔާރުކަމާއި ހަވާލުވާން ބޭނުންނޫންކަން ޖޭއެސްސީއަށް އަންގާފައެވެ.