ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓާކުރާ ނިޒާމެއް އިމިގްރޭޝަނުން ގާއިމްކޮށްފި

05 އޯގަސްޓު 2025

|

ހަސަން އާމިރު

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓާކުރާ ނިޒާމެއް އިމިގްރޭޝަނުން ގާއިމްކޮށްފި އެވެ.

ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް)ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމް، ސީޕޯޓް ޑިވިޒަނުން ޤާއިމުކޮށްފައިވާކަން މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި ވީޑިއޯ މެސެޖެއްގައި ވަނީ  ބުނެފަ އެވެ.

މޮނިޓަރ ކުރުމުގެ ނިޒާމުގެ ދަށުން، މާލޭ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް  ވަގުތުން ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމެެއް ކަމަށް ބުނެފައިވެއެވެ.

މި ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޒަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު