ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

އެސްއޯއީ ކޮމިޓީއަށް ޝުޖާގެ ބަދަލުގައި މެންބަރު އަހްމަދު ރަޝީދު ހަމަޖައްސައިފި

05 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، ފޮޓޯ: ސަން

ސަރުކާރ ހިއްސާވާ ކުންފުނިތަކަށް ފާރަވެރިވުމަށް ރައްޔިތުންގެ މަޖިލީހުގައި އުފައްދާފައިވާ ދާއިމީ ކޮމިޓީކަމަށްވާ އެސްއޯއީ ކޮމިޓީގެ މެންބަރުކަމުން ބާރަަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ ވަކިކޮށް އެ ކޮމިޓީއަށް އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހަމަޖައްސައިފިއެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނުކުރެއްވި ގޮތުގައި މަޖިލީހުގެ ދެ ކޮމިޓީއަކަަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން އެސްއޯއީ ކޮމިޓީއަށާއި ޖުޑީޝަރީ ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. 

އެސްއޯއީ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވިި ޝުޖާ ކޮމިޓީން ވަކިކޮށް އެ ކޮމިޓީއަށް އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އައްޔަންކުރުމަށް ނިންމާފައިވާއިރު ޖުޑީޝަރީ ކޮމިޓީން ވަކިކުރީ އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ހުރާ ދާއިރާގެ މެންބަރު ޑރ.އަނާރާ ނައީމެވެ. އާނާރާގެ ބަދަލުގައި ޖުޑީޝަރީ ކޮމިޓީއަށް އައްޔަންކުރީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދެވެ. 

އިއްޔެ މާލިއްޔަތު ކޮމިޓީއަށްވެސް ބަދަލެއް ގެނެސްފައިވެއެވެ. އެ ކޮމިޓީން ޝުޖާ ވަކިކޮށް އެ ކޮމިޓީއަށް ގުރައިދޫ ދާއިރާގެ މެންބަަރު ހަނާން މުހައްމަދު ރަޝީދު އައްޔަންކޮށްފައިވެއެވެ. 

މުހިއްމު ދެ ކޮމިޓީއަކުން ޝުޖާ ދުރުކުރަން ނިންމައި، އޭނާގެ ބަދަލުގައި އެހެން މެންބަރުން އެ ކޮމިޓީތަކަށް އައްޔަންކޮށްފައިވާއިރު ޝުޖާ މިހާރު ހަމަޖައްސާފައިވަނީ މަޖިލީހުގައި އޮންނަ ތަރިކައާއި ތަރައްގީގެ ކޮމިޓީއަށެވެ. 

ކިޔުންތެރިންގެ ހިޔާލު