ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

މޫސުން ވަރަށް ގޯސް، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރަން އެދިއްޖެ

04 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

މޫސުން ވަރަށް ގޯސް ދުވަހެއް -- ފޮޓޯ: ފައިލް

އުތުރުގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވާން މެޓް އޮފީހުން އިލްތިމާސް ކޮށްފި އެވެ.

މެޓް އޮފީހުން މިހާރު ވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފަ އެވެ. ހުދު ސަމާލު ނެރެފައިވަނީ މިރޭ މެންދަމު 1:30އާ ހަމައަށެވެ.

އެ އޮފީހުން ބުނީ މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ލައިގަނެ މުޅި ރާއްޖެއަށް މިއީ ވަރަށް މޫސުން ގޯސް ދުވަސްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު