ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

މަސްޖިދުލްއަޤްސާގެ ހުރުމަތް ކެނޑުމަށް ހިންގާ އަމަލުތައް ސަރުކާރުން ކުށްވެރިކޮށްފި

04 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

މަސްޖިދުލް އަޤްޞާގެ އިމުގެ ތެރެ --

މުސްލިމުންގެ ތިންވަނަ އަށް އެންމެ މުޤައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަޤްޞާގެ އިމުގެ ތެރެއަށް އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލި ކަނޑާލުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ.

އެކަން ކުށްވެރިކޮށް ދިވެހި ޚާރިޖިއްޔާ އިން މިރޭ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންގެންދާ ނޭދެވޭ އަމަލެއް ކަމަށެވެ.

އިސްރާއީލުން ކުރަމުން ގެންދާ ޣައިރު ޤާނޫނީ އަމަލުތަކާއި، އިސްލާމީ މުޤައްދަސު ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގޭ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލް އަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށް ވެސް ބަޔާނުގައިވެ އެެވެ.

ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެކަން މި ބަޔާނުގައިވެސް ތަކުރާރު ކުރައްވާފަ އެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލުމުގައި ދިވެހިރާއްޖޭގެ އަޑަކީ އަބަދުވެސް ގަދަ އަޑެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އެ އަޑު ބައިނަލްއަޤްވާމީ ދުނިޔޭގައި ވަނީ އިތުރަށް ގަދަ ކުރައްވާފަ އެވެ. ބައިނަަލްއަޤްވާމީ މުހިންްމު ކޮންމެ ޕްލެޓްފޯމެއްގައި ހެން އެމަނިކުފާނު ގެންދަވަނީ އެ ވާހަކަފުޅުތައް ތަކުރާރު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު