ENGLISH
09 ސެޕްޓެމްބަރު 2025
ޓޫރިޒަމް ޓްރަސްޓް ފަންޑާއި ބެހޭ ޤަވާޢިދު އެކުލަވާލައިފި
04 އޯގަސްޓު 2025
|
ރާއްޖޭގެ ފަތުރުވެރިކަމުގެ މަންޒަރެއް -- ފޮޓޯ: ވިޒިޓް މޯލްޑިވްސް
ޓޫރިޒަމް ޓްރަސްޓް ފަންޑާއި ބެހޭ ޤަވާޢިދު އެކުލަވާލައިފި އެވެ.
މިއީ ދެށުން ފެންނަ ސިޔާސަތެއްގެ ދަށުން ރާއްޖޭގެ ޓޫރިޒަމަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހިކޮށްދީ އެފަދައިން ލިބޭ އެހީ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމާއި ޓޫރިޒަމާއި ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށާއި ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމާއި ޓޫރިޒަމްގެ ވަސީލަތްތައް ތަަރައްޤީ ކުރުމަށް އިންވެސްޓް ކުރުމާއި ފަންޑަށް ޖަމާކުރާ ފައިސާ އިން ޤާނޫނު ހުއްދަކުރާ ގޮތުގެ މަތީން އިންވެސްޓް ކުރުމުގެ މަޤްސަދުގައި އެކުލަވާލި ޤަވާއިދެކެވެ.
މި ޤަވާއިދުގައި ފަންޑަށް ޖަމާކުރެވޭ ފައިސާ އާއި ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގުމާއި ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމެޓީއާ ގުޅޭ އުސޫލުތައް ބަޔާން ކޮށްފައިވެ އެވެ.
އެގޮތުން ޓޫރިޒަމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގުމަށްޓަކައި ކޮމެޓީއަށް އެކުލަވާލަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ކޮމެޓީގައި ހިމެނެނީ އެކި ދާއިރާތަކުން ހަތް މެމްބަރުންނެވެ. އެއީ;
* ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
* ފަތުރުވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާ
* މާލީ ކަންކަމުގެ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާ
* އިޤްތިސާދީ ތަރައްޤީއާ ވިޔަފާރީގެ ކަންކަމުގެ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާ
* ބަންޑާރަ ނާއިބުގެ އޮފީސް
* އިމާރާތްކުރުމާއި ބިނާރާބެހޭ ކަންކަމުގެ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާ
* މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މި ޤަވާއިދުގައި ބުނާ ގޮތުން ކޮމެޓީގެ ޗެއަރޕާސަންގެ މަސްއޫލިއްޔަތު އަދާކުރާނީ ފަތުރުވެރިކަމާ އެ އިރެއްގައި ހަވާލުވެ ހުންނަ މިނިސްޓަރެކެވެ. ކޮމެޓީއަށް މެންބަރުން އައްޔަނު ކުރާނީ ފަސް އަހަރަށެވެ.
މީގެ އިތުރުން ކޮމެޓީގެ މަސްއޫލިއްޔަތާއި ފަންޑަށް ޖަމާކުރެވޭ ފައިސާ ޚަރަދުކުރުމާއި ފަންޑުގެ ފައިސާ އިންވެސްޓްކުރުމާއި ފަންޑު އޮޑިޓްކުރުމާއި ފަންޑު ހިންގި ގޮތުގެ ރިޕޯޓް ކުރުން ފަދަ ކަންކަން ވެސް ވަނީ ޤަވާޢިދުގައި ވަރަށް ރަނގަޅަށް ތަފްސީލުކޮށް ދީފަ އެވެ.