ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ހުޅުމާލޭ ހޮސްޕިޓަލުގައި އިންޓާންޝިޕް ޕްރޮގުރާމު ފަށައިފި

04 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ހުޅުމާލޭ ހޮސްޕިޓަލުގައި އިންޓާަންޝިޕް ފުރިހަމަކުރާ ޑޮކްޓަރުން

ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ޕްރޮގުރާމު ފަށައި، އެ ޕްރޮގުރާމުގައި ބައިވެރިވާ ޑޮކްޓަރުންނަށް އޮރިއެންޓޭޝަން ކުރިއަށްގެންގޮސްފިއެވެ. 

މެޑިސިން ދާއިރާއިން ފުރަތަމަ ޑިގުރީ ފުރިހަމަކުރުމަށްފަހު ޑޮކްޓަރުކަން ކުރުމަށް މޯލްޑިވްސް ޑެންޓަލް އެންޑް މެޑިކަލް ކައުންސިލުން ދޫކުރާ ދާއިމީ ލައިސެންސް ދޫކުރުމުގެ ކުރިން އިންޓާންޝިޕް ފުރިހަމަކުރަންޖެހެއެވެ. ރާއްޖޭގައި ފުރަތަމަ އިންޓާންޝިޕް ޕްރޮގުރާމު ހިންގަން ފެށީ އައިޖީއެމްއެޗްގައެވެ. އޭގެ ކުރިން ދިވެހި ޑޮކްޓަރުން އިންޓާންޝިޕް ފުރިހަމަކުރަނީ ކިޔަވާ ގައުމުން ނުވަތަ ބަންގުލަދޭޝްއިންނެވެ. 

މި ސަރުކާރުގައި އިންޓާންޝިޕް ޕްރޮގުރާމު ފުޅާކޮށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައި އިންޓާންޝިޕް ފަށަަން ނިންމިއެވެ. އަމިއްލަ ހޮސްޕިޓާތަކުގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލުގައިވެސް އިންޓާންޝިޕް ޕްރޮގުރާމު ކުރިއަށްގެންދެއެވެ. 

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އިންޓާންޝިޕް ޕްރޮގުރާމު ފަށާފައިވަނީ މި އަހަރުގެ ޖުލައި މަހުގައެވެ. އަދި މިއަދު ހުޅުމާލޭ ހޮސްޕިޓަލުގައި އެ ޕްރޮގުރާމުވަނީ ފަށާފައެވެ. 

ހުޅުމާލޭ ހޮސްޕިޓަލުގައި މި ޕްރޮގުރާމު ފެށުމާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުން މެޑިސިން ކިޔަވާ ކުދިންނަށް ކިޔަވައި ނިންމުމަށްފަހު ރާއްޖޭގައި ތިބެގެން އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތުތައް އިތުރުވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު